ads
ޑރ ޖަމީލް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝަރުއީ ދާއިރާއިން ދުވަނީ ނަޖިސް ވަސް: ޑރ ޖަމީލު
ޝަރުއީ ދާއިރާއިން މިހާރު ދުވަނީ ނަޖިސްވަސް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕީޕީއެމް ކޯލިޝަނުގެ "އައްޑަނަ" ޖަލްސާގައި ޕާޓީގެ ލީޑަޝިޕުން ވަނީ މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ޝަރުއީ ނިޒާމުގައި ހިނގަމުންދާ ކަންކަމަށްވެސް ވަނީ ވަރަށް ބޮޑަށް ވަނީ ފާޑު ކިޔާފައެވެ.

ޖަމީލު ވިދާޅުވީ ޝަރުއީ ނިޒާމް މިހާރު ފެންނަނީ ޖަންކްޝަން ތަކުގެ ތެރޭން ކަމުގައެވެ.

"ނަޖިސް ހުކުމްތަކެއް އެއީ. ނަޖިސް ވެފަވަނީ . ސަރުކާރުގެ މަސައްކަތުން މުޅި ޝަރުއީ ނިޒާމަށް ވަނީ ނަޖިސް ވަސް ފެތުރިފަ" ޑރ ޖަމީލު ވިދާޅުވިއެވެ. 

ޖަމީލު ވިދާޅުވީ އެކަންކަން އެހެން ހުރުމާއެކު މިރޭ ހުކުމެއް އިއްވާނެ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ހުކުމް ވިދާޅުވިއެވެ. 

"ދެންފަހެ، އިސްވެ ބަޔާން ކުރެވުނު ގޮތްގޮތަށް ކަންކަން ހުރުމާއެކު ރައީސް އޮފީހުގެ ޗީފްއޮފް ސްޓާފް މިކަންތައްތަކުގެ ތެރޭގައި ހުރުމާއި، ހެކި އުފެއްދުމާއި، ހެކިންނަށް ބިރުދެއްކުމާއި، ނުފޫޒު ފޯރުވުމާއި، އަދި ފަހުވަގުތުގައި ފަނޑިޔާރަށް ބިރު ދައްކައި ، ހުކުމް ފޭރިގަތުމާއި ހުކުމް ކުރަންހުރި ފަނޑިޔާރު ގަތުލް ކުރުމާއި، އެއަށްފަހު އައި ފަނޑިޔާރަށް ބޮޑެތި ފައިސާއާއި އިނާޔަތްތައް ދިނުމާއި، މިހުރިހާ ކަންތައްތައް މިގޮތުގައި ހުރެ ސާބިތު ވާތީ މިތާ މިތިބަ ހުރިހާ ބޭފުޅުންގެ އިއްތިފާގާ އެކީގަ މިއަދުން ފެށިގެން އެމްޑީޕީގެ އެއްވެސް މީހަކަށް އިންސާފުގެ މިލަފްޒު ބުނުން މަނާވެއްޖެ" ޖަމީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ވާފަހަކުޅު ނިންމަވާލައްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލައިން ރައީސް ޔާމީން މިންވަން ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ.

ޖަމީލު އިތުރަށް ވިދާޅުވީ 2023 ގައި ދިވެހި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސް ޔާމީނުގެނަންފުޅު ހިމަނައިގެންކަމަށެވެ.އޭނާ ވިދާޅުވީ ވޯޓުކަރުދާސްކޮޅުގެ އެއްވަނައަށްވެސް ، ދެވަނަ އަށްވެސް، ތިންވަނައަށްވެސް އަދި ސަތޭކަވަނައަށްވެސް އޮންނާނީ ރައީސް ޔާމީނުގެ ނަންފުޅު ކަމުގައެވެ.

މިޖަލްސާގައި ލާމަރުކަޒީ ނިޒާމުގެ ދަށުން، ފުރަތަމަ މާލޭގެ ސިޓީ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހުމަދު ސަމާހު ރަޝީދު ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފައެވެ. ސަމާހު ގުޅިވަޑައިގެންނެވީ އަށްޑިހަ މެންބަރުންނާ އެކުގައި ކަމަށް ޖަލްސާގައި އިއުލާން ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް