ads
ހުޅުމީދޫ….
ހުޅުމީދޫ އާއި ރަސްމާދޫ އެކު 21 ރަށެއް މޮނިޓަރިންނަށް!
ކޮވިޑް 19 ގެ ކޭސްތަކެއް ފެނިގެން ސ.ހުޅުމީދޫ އާއި ރ.ރަސްމާދޫ އާ އެކު 21 ރަށަކަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ހާމަ ކުރި ގޮތުގައި އެ ދެ ރަށުން ކޮވިޑް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު އެވެ.

އެ ދެރަށް ހިމެނޭހެން އެކްޓިވް ކޭސްތައް ފެނިގެން އިތުރު 21 ރަަށެއް ވެސް މިވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެގޮތުން ރ.ދުވާފަރު، އއ.ހިމަންދޫ، އދ.ހަންޏާމީދޫ، މ.މަޑުއްވަރީ، ކ.ގާފަރަށް އަރާފޭބުން މަނާކޮށްފައިވާއިރު ފުވައްމުލަކާއި، ގދ.މަޑަވެލި، ތ. ވޭމަންޑޫ، ލ.މުނޑޫ އަދި ށ.މިލަންދޫ އަށް ވެސް ވަނީ އަރާފޭބުން މަނާކޮށްފައެވެ.

އިތުރު ރަށްތަކަށް ބަލައިލާއިރު އދ.މަހިބަދޫ، ވ.ތިނަދޫ، ށ.ކަނޑިތީމު، ހދ.ނޮޅިވަރަމް އަދި އެ އަތޮޅު ނޮޅިވަރަންފަރުގެ އިތުރުން މ.ވޭވަށް އަދި ރ.މަޑުއްވަރީ ހިމެނޭ އިރު އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫ ފޭދޫ އަދި ހިތަދޫގެ އިތުތުރުން މަރަދޫ ވެސް ވަނީ އެކްޓިވް ކޭސްތަކާއެކު މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އައްޑޫ ސިޓީއަށް ބަލައިލާއިރު އެ ސިޓީގައި މި ބަލި އަންނަނީ އިންތިހާއަށް ފެތުރެމުންނެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވާތީ އެ ސިޓީގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބަލި ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. 

މިވަގުތި މޮނިޓަރިންގައި އޮތް ރަަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮންނަނީ ރ. ދުވާފަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް