 
                                                                                                
                    ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 5،438 ސާމްޕަލް ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 165 މީހުންވެ.
އެއީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 103 މީހުންނާއި، މާލެ ސަރަހައްދުން ޕޮޒިޓިވްވި 51 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވި 11 މީހުންނެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 82،264 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 2،117 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބަލިން ރަނގަޅުވި މީހުންގެ އަދަދު 79،907 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 16 އެވެ.