ads
ވިލިފުށި ދާއިރާ މެމްބަރު ހަސަން އަފީފު- ފޮޓޯ: މަޖިލިސް
ވެންޓިލޭޓަރު މައްސަލައިގައި އުންސުރު ހަމަނުވާތީ އަފީފް އަޖައިބު ވެއްޖެ
ކޮވިޑް-19 އާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގައި އުންސުރު ހަމަނުވަނީ އުންސުރު ހަމަތޯ ނުބަލާތީ ކަމަށާއި އުންސުރު ހަމަ ނުވާތީ އަޖައިބުވާކަމަށް ވިލިފުށި ދާއިރާ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
Advertisement

ކޮވިޑް-19އިގެ ހާލަތުގައި ގައުމު ނޭވާ ހޮޅިއަަށް އެޅުމުގެ ކުރިން ގެންނަން ބުނި ވެންޓިލޭޓަރުތައް ރައްޔިތުންނަށް ލިބޭގޮތްނުވެ ގިނަ ދުވަސްވެގެން ގޮސްފަވަނިކޮށް، އޮޑިޓަރު ޖެނެރަލް ނެރުއްވި ކޮވިޑް-19 އާ ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮންމްޕަލްޔަންސް އޮޑިޓް ރިޕޯޓުން ވަނީ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ ފަޅާއަރާފައެވެ.

އެ މައްސަލަގައި މިނިސްޓަރު ކަމުގައި ހުންނެވި އަމީން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވިނަމަވެސް އަމީން އާ އެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވި އެވެ. 

އެހެންނަމަވެސް އެ މައްސަލާގައި ޕީޖީން ނިންމާފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރާށެވެ. ސަބަބަކަށް ބުނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތުމެވެ.

ޝަމީމް ވިދާޅުވީ، ޕްރޮސިކިއުޓަރަކަށް އުންޞުރާ ނުލައި ކޯޓުގައި ދެއްކޭނެ ވާހަކައެއް ނޯންނާނެކަމަށެވެ. އެއްވެސް އުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވާނެ ކަމަށް ވިދާޅުވިއެވެ. ޝަމީމް ފާހަގަކުރައްވާ ގޮތުން އުންޞުރާ އާ ނުލައި ދައުވާ ކުރުމުން ނިކުންނާނީ ދެ ނަތީޖާ އެކެވެ. ފުރަތަމަ ނަތީޖާއަކީ، ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދައުވާއެއް ނުކުރެވުމެވެ. އެހެންކަމުން އުންޞުރު ހަމަނުވަނީސް ދައުވާއެއް ކުރުމަކީ، އެދައުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އަނެއްކާވެސް ކޮވިޑް އިތުރުވަމުން އަންނަނީ ކޮންކަމެއް ވެގެންތޯ ބަލަން ޖެހޭ ކަމަށް އަފީފު ވިދާޅުވި އެވެ. އެގޮތުން ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓް ހަދާފައި، ޕީސީއާރު ޓެސްޓު ކަމަށް ބުނެ އެޗްއީއޯސީގެ ޓެގް ޓީމުގައި ހިމެނޭ ޑޮކްޓަރުންގެ ކްލިނިކްތަކުން ސެޓްފިކެޓް ދޫކުރާ ކަމަށެވެ. 

އެފަދަ ކަންކަން ކުރިއަށް ދާނަމަ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް ދާނީ ބޭކާރުވެގެން ކަމަށް ފާހަގަ ކުރެއްވައި އަފީފް ވަނީ ކަންކަން ރަނގަޅުކުރަން ތިބި ޑޮކްޓަރުން މަކަރު ހަދާކަމަށްވާ ނަމަ އެކަންތައް ނިމުމަކަށް ގެނެވޭނީ ކިހިނިތްތޯ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އެކަންކަން ހައްލުކުރަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެެ. 

އަދި ވެންޓިލޭޓަރުގެ ވާހަކަ ވެސް މިއަދު ނުދައްކާ ކަމަށާއި، ވެންޓިލޭޓަރުތަކާއި ފައިސާތަކަށް ވެސް މިހާރު ވީގޮތެއްވެސް ނޭނގޭކަމަށް އަފީފް ވިދާޅުވި އެވެ. 

"އެންމެ ފަހުން އަޅުގަނޑަށް ހީވަނީ ދުބާއީ ކުންފުންޏަށް ފޮނުވި އެޑްވާންސް ފައިސާ ވެސް އެއީ ނުފޮނުވާ އެއްޗަަކަށް ކަން ނޭނގެ ނިމިގެން ދާނި. އެއީ މިހާރު ޕީޖީ ވެސް ވިދާޅުވެފައި އެއޮތީ އުންސުރެއް ހަމައެއް ނުވޭ. އުންސުރެއް ހަމަނުވާނެތާ އުންސުރެއް ހަމަތޯ ނުބަލަންޔާ. މާލީ ގަވާއީދާ. މާލީ ގާނޫނާ ހިލާފަށް ކޮށްފައޮތް ކަމެއް އެކަމަކު އުންސުރެއް ހަމައެއް ނުވޭ. މިއީ އަޖައިބުވާ ކަމެއް. އަފީފް ވިދާޅުވިއެވެ. 

އަފީފް ވިދާޅުވީ ދަންނަވަން އުޅޭ ވާހަކަ އަކީ އެންމެން އިހުލާސްތެރިކަމާއި، އަމާނަތްތެރިކަމާއެކު ކަންކަން ނުކުރާ ކަމުގައިވާނަމަ ކަންކަން ދާނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށެވެ. 

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އިން ފޮނުވި ލިޔެކިޔުންތަކުގައި މީހެއްގެ މައްޗަށް ދައުވާ އެއްކޮށް ސާބިތުކޮށްދެވޭ ވަރަށް ހެކި ނެތް ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ. ޕީޖީ ވިދާޅުވީ "ޕޯސްޓް އޮފީހެއް" ގޮތަށް އަންނަ ހުރިހާ މައްސަލައެއް ހިފައިގެން ކޯޓަށް ނުދާނެ ކަމަށެވެ. އަދި ކޯޓަށް ދާނީ ދައުވާ ކުރެވޭ އަދި ސާބިތުކުރެވޭ ކަންކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ރާއްޖެއިން އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. 

އެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ހުރީ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް އެލެމަންޓެއް ހިމެނޭ ނަމަ ޖިނާއީ ތަހުގީގެއް ކުރުމަށް ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އަދި ޖިނާއީ ތަހުގީގެއް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށާއި މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައި ވާނަމަ، އެއީ ދިވެއްސެއް ނޫނީ ބިދޭސީއެއް ނަމަވެސް އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ބޭނުންވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް 34 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ. އެޑްވާންސްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފަ އެވެ. ގެންނަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ވެސް ވަނީ 60 ވެންޓިލޭޓަރު ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް