މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަފީފް ވިދާޅުވީ ޓެގް ޓީމުގެ ބައެއް ޑޮކްޓަރުން އެމީހުގެ ކްލިނިކްތަކުގައި ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓް ހަދާފައި، ޕީސީއާރު ޓެސްޓު ކަމަށް ބުނެ ސެޓްފިކެޓް ދޫކުރާ ކަމަށެވެ.
އެފަދަ ކަންކަން ކުރިއަށް ދާނަމަ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތައް ދާނީ ބޭކާރުވެގެން ކަމަށް ފާހަގަ ކުރެއްވައި އަފީފް ވަނީ ކަންކަން ރަނގަޅުކުރަން ތިބި ޑޮކްޓަރުން މަކަރު ހަދާކަމަށްވާ ނަމަ އެކަންތައް ނިމުމަކަށް ގެނެވޭނީ ކިހިނިތްތޯ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެކަންކަން ހައްލުކުރަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެެ.
މީގެ ކުރިން މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ވަނީ މާލީ މަންފާއެއް ހޯދުމަށް ޓެގުން އެޗްޕީއޭ ހިސޯރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ނިމުމެއް ގެންނަން ޖެހޭ ކަަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.