ސްޓެޕް ސާވޭ އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރު އެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ސާވޭ ވަނީ ވަކި ހިސާބަކުން މެދުކަނޑާލާފައެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ސާވޭ ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދުގައި ސާވޭ ކުރުން މާދަމާ ފަށަން ވަނީ ހަމަޖެހިފައެވެ.
މި ސާވޭގައި އެއްކުރާ މައުލޫމާތު ހޯދުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ހޮވާލެވޭ ގޭގެއަށް ގޮސްގެންނެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކުރާ ޓީމްތަކުން ތިބޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ދޫކުރާ ހާއްސަ ފާސްތަކެއް އަޅައިގެންނެވެ.
އެޗްޕީއޭގެ މި ސާވޭ ކުރިއަށް ގެންދަނީ ދުނިޔޭގެ ހިއްސަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެމްއެންޔޫގެ އެހީތެރިކަމާއެކު އެވެ.