ads
ސުޒެއިން ގައުމީ ޓީމުގެ ޕްރެކްޓިހުގައި
ގައުމީ ކޯޗު ސުޒޭން ކޮވިޑަށް ޕޮޒިޓިވް
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ކޮވިޑަށް ޕޮޒިޓީވްވެއްޖެއެވެ.

ގައުމީ ޓީމުގެ ކޯޗު ސުޒެއިން ކޮވިޑަށް ޕޮޒިޓިވް މިވީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން ދަނިކޮށެވެ. ސުޒޭން ޕޮޒިޓިވްވީކަން އޭނާވަނީ ކަށަވަރުކޮށްދީފައެވެ. ސުޒޭން ބުނީ އުނދަގޫތަކެއްވާތީ ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ސުޒެއިން ޕޮޒިޓީވް މިވީ ހުކުރު ދުވަހު ގައުމީ ޓީމު ގަތަރަށް ފުރަން ތައްޔާރުވަމުން އަންނަނިކޮށެވެ. ޕޮޒީޓިވްވުމާ ގުޅީގެން ސުޒޭނަށް ޓީމާ އެކު ދަތުރު ނުކުރެވޭނެއެވެ. ސުޒޭން ބުނީ މި ވަގުތު އިސްމާއިލް މަހްފޫޒް އިންމައާއި ޝާކިއްޓޭ ޓީމާ އެކު ތިބިކަމަށެވެ. ސުޒޭން ޕޮޒިޓީވްވުމާ ގުޅީގެން އެފްއޭއެމުން އަދި ހެޑް ކޯޗުގެ މަގާމާ މެދު ގޮތެއް ނުނިންމައެވެ. 

ގައުމީ ޓީމުގެ ހެޑް ކޯޗު، އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހުގެ ފަހު ކޮޅުން ފެށީގެން ފޯރީގައި އަންނަނީ ކުރަމުންނެވެ. ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ އެކަކުން ސޯޅައަށެވެ. މި ފަހަރުގެ މުބާރާތުގައި ވާކުރާނީ ޖުމްލަ ފަސް ޓީމެވެ. ޕާކިސްތާނު ފީފާއިން ސަސްޕެންޑްކޮށްފައިވާއިރު، ކޮވިޑާ ހެދި ބޫޓާން މިފަހަރު ބައިވެރިނުވެއެވެ. ސާފުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ހެޑްކޯޗު ސުޒޭނަށް މި ނޫޙުގެ ފަރާތުން އަވަސް ޝިފާއަކަށް އެދެމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް