 
                                                                                                
                    ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 5،602 ސާމްޕަލް ޓެސްޓު ކުރެވިފައިވެއެވެ. އޭގެތެރެއިން މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވް ވެފައިވަނީ 138 މީހުންވެ.
އަތޮޅުތެރޭގެ ރަށްތަކުން 72 މީހުން ޕޮޒިޓިވްވިއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 51 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 15 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 82،822 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 2،037 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބަލިން ރަނގަޅުވި މީހުންގެ އަދަދު 80،545 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 17 އެވެ.