ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
4،973 ދަރިވަރުންނާ އެކު އޭލެވެލް އިމްތިހާނުން ފަށައިފި
4،973 ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުން މިއަދު ފަށައިފި އެވެ.
Advertisement

މި ފަހަރުގެ އޭލެވެލް އިމްތިހާނުގައި 4،973 ދަރިވަރުން ބައިވެރިވެއެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 2,263 ދަރިވަރުން ބައިވެރިވެ އެވެ. 

މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނު ހަދަނީ 3،284 ދަރިވަރުންނެވެ. އަތޮޅު ތެރެއިން 1،689 ދަރިވަރުން އޭލެވެލް އިމްތިހާނު ހަދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި މާލޭގެ ސަރަހައްދުން 1،357 ދަރިވަރުން ބައިވެރިވާއިރު އަތޮޅުތެރެއިން 906 ދަރިވަރުން އެ އިމްތިހާނު ހަދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

މިއަހަރު މުޅި ރާއްޖޭގައި 53 ސެންޓަރެއްގަ އިމްތިހާނު ކުރިޔަށް ދާނެ އެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެއްގައިކަށް މިނިސްޓްރީން ބުނެ އެވެ.

އޯލެވެލް އިމްތިހާނު ފެށުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިމްތިހާނުގއި ބައިވެރިވާ ކުދިންނަށް ހިތްވަރު ދެއްވާ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން މި އިމްތިހާނުގައި ދަރިވަރުން ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހްރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

" ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިހާނަކީ މުހިންމު މަރުހަލާއެއް. އިރާދަކުރެއްވިއްޔާ، މި އިމްތިހާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ،" ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

މި އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް