ކަރެކްޝަންސްއިން ބުނީ އުމުރުން 40 އަހަރުގެ އަސްލަމް މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މިރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސަވިސް، މޯލްޑިވްސް ޕޮލިސް ސަވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.