ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު——
އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
Advertisement

ކޮންމެ އަހަރެއްގެ ވެސް ބަޖެޓު އެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

ފިސްކަލް ރިސްކް ސްޓޭޓްމަންޓް 2021 އަދި މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ 2022-2024 އާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެ ވަޑައިގެން އެބައްދަލުވުމުގައި މިނިސްޓަރު އަމީރު މިއަދު ހުށަހެޅި "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ޕްރެޒެންޓޭޝަންއިން ދައްކާގޮތުގައި އާމްދަނީގެ ގޮތުގައި އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 23.6 ބިލިއަަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 14.7 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހޯދަން ލަފާކޮށްފައިވާ އިރު، އާމްދަނީ ހޯދާނެ އާ ކަންކަމުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ލަފާކޮށްފައިވެ އެވެ. 

އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން 33.8 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދަށް ކަނޑައެޅީ 21 ބިލިއަން ރުފިޔާ އެވެ. އަދި އެކިއެކި މަޝްރޫއުތައް ހިންގަން 10.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދު ކުރަން ލަފާކޮށްފައި ވަނީ 7.1 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް