ads
ރާޖު ކުންދުރަ އާއި ޝިލްޕަަ ޝެޓީ
ރާޖް އުޅުނީ ކީއްކުރަން ކަމެއް ނޭނގޭ: ޝިލްޕާ
ބަރަހާނާ ފިލްމު ޕްރޮޑިއުސް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރާޖު ކުންދުރާ ކުރަމުންދިޔައީ ކޮން ކަހަލަ ކަންތަކެއް ކަމެއް ނޭނގޭ ކަމަށް އޭނާގެ އަންހެނުން ޝިލްޕާ ޝެޓީ ބުނެފި އެވެ.

ރާޖް ހައްޔަރުކުރެވުމާ އެކު ގިނަ ބައެއްގެ ނަފްރަތާއި ބަހުގެ ހަމަލާތައް ރާޖްގެ އިތުރުން ޝިލްޕާއަށް ވެސް އަންނަނީ ރައްދުވަމުންނެވެ. މި މައްސަލަ އާއި ގުޅިގެން ޝިލްޕާއަށް ވެސް ވަނީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން ފުލުހުން ވެސް ވަނީ ބަރަހަނާ ފިލްމް އުފެއްދުމުގައި ފިރިމީހާ ރާޖް އާ އެކު ޝިލްޕާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބަލްފަ އެވެ. ނަމަވެސް އެ ފަދަ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައެވެ. އެހެން ނަމަވެސް ރާޖްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ހެކި ލިބިފައިވާކަމަށް ޕޮލިހުން ވަނީ ހާމަކޮށްފައެވެ.

ރާޖުއާ ދެކޮޅަށް މިހާތަނަށް ފުލުހުން 1،500 ސަފްހާގެ ޑޮކިއުމަންޓް ހުށަހަޅާފައިވެއެވެ.

އެކަމާ ގުޅޭ ގޮތުން ޝިލްޕާ ބުނީ އޭނާ އުޅެނީ އަމިއްލަ ކަންކަންމުގައި ވަރަށް ބިޒީކޮށް ކަމަށާއި ގިނަ ފަހަރު ރާޖު އުޅޭ ނޫޅޭ ގޮތެއް ނޭނގޭ ކަމަށެވެ.

30%
ކަމުގޮސްފި
70%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް