ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު މަރާލި މައްސަލާގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެ އެވެ.
ދައުވާ އުފުލާފައިވާ މީހުން:
މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާލިބޭ ހައިޝަމާއި ޝިފާޒްގެ އިތުރުން ޒިހާންގެ ވަކީލް ސިއްހީ ސަބަބާ ހެދި އެދުވަހުގެ އަޑުއެހުމަށް ހާޒިރު ނުވެވުމުން އެ ތިން މީހުުންގެ ބައި އެދުވަހު ކުރިއަށް ނުގެންދިޔަ ނަމަވެސް އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެެވެ. އެ އަޑުއެހުމުގައި އެ ތިން މީހުންގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ނުދައްކައިފި ނަމަ، އިތުރު ފުރުސަތެއް އެކަމަށް ނުދެއްވަން އޮތީ ނިންމާފައެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި އަޑުއެހުމަށް މި ތިން މީހުންގެ ފަރާތުން ވަކާލާތު ކޮށްދެއްވާ ގާނޫނީ ވަކީލް އަހްމަދު ޔާމީން ވަޑައިގަންފައިވާތީ އެބައި ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ފާހަގަ ކުރައްވަން ބޭނުންވާ ނުކުތާތައް ފާހަގަ ކޮށްދެއްވުމަށް އޮތް އެއަޑުއެހުމުގައި ވަކީލު ޔާމީން ވަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންގެ ހެކިބަސްތަކުގައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި ފުލުހުންގެ އޮފިސަރުންގެ ރިޕޯޓްގައި ހިމެނޭ ބައެއް ކަންކަން ވެސް ދިފާއަށް ގަބޫލު ނުކުރެވޭ ސަބަބުތަކާއި ނުކުތާތަކެއް ފާހަގަ ކުރެއްވިއެވެ.
ސިއްރު ހެކިވެރިންނަށް ދިފާއުގެ ފަރާތުން ގިނަ ސުވާލުތަކެއް ހެކި ބަސް ނެގި މަރުހަލާގައި ކުރެވިގެންދިއިރު ގިނަ ސުވާލުތަކުގެ ޖަވާބު ފުރަތަމަ ދެ ސިއްރު ހެކިވެރިން ދިން ގޮތުގައި ކަންބޮޑުވުންތަކެއް ހުރި ކަން ދިފާއީ ވަކީލް ޔާމީން ފާހަގަ ކުރެއްވިއެވެ.
ފުރަތަމަ ސިއްރު ހެކިވެރިޔާގެ ހެކިބަހުން ވަކީލު ފާހަގަކުރެއްވި ކަންކަން:
ދެވަނަ ސިއްރު ހެކިވެރިޔާގެ ހެކިބަހުން ވަކީލު ފާހަގަކުރެއްވި ކަންކަން:
މި ދެ ހެކިވެރިންގެ ހެކި ބަސްތަކަށް ރިއާޔަތް ކުރާއިރު ފާހަގަ ކުރެވެނީ އެ ދެ ހެކިބަހަކީ ވެސް އުފައްދާފައި ހުރި ހެކިތަކެއް ކަމުގައި ދިފާއީ ވަކީލް ވިދާޅުވިއެވެ. އަދި އެއް ހެކިވެރިއެއްގެ ވާހަކައާއި އަނެއް ހެކވެރިޔެއްގެ ވާހަކައާ ދިމާނުވާއިރު، ކޮންމެ ހެކިވެރިޔަކު ވެސް ދެ ފަހަރު މަތިން އެކި ގޮތަށް ވާހަކަ ދެއްކުމުން އޭގައި އަސާސީ ނުވަތަ ޖައުހަރީ ފުށުއެރުންތަކެއް ހުރި ކަމެއްކަން ފާހަގަކުރެއްވިއެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ހެނދުނު 9:00 އަށެވެ. އެ ދުވަހު އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އެކަން އެދުވަހު ނުނިމިއްޖެނަމަ އެ މަހުގެ ތެރޭގައި އިތުރު އަޑުއެހުންތައް ބާއްވައިގެން އޮކްޓޯބަރުގެ ނިޔަލަށް އެ މަރުހަލާ ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
ވާރިސުންގެ ބަސް ޝަރީއަތަށް ނެގުމަށް ފަހު، ދެން އަޑުއެހުމެއް އޮންނާނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރުއެވެ. އެ އަޑުއެހުމުގައި އޮންނާނީ ޝަރީއަތް ދިޔަ ގޮތުގެ މައްޗަށް މަޝްވަރާކޮށް، އޭގެ ހުލާސާ އިއްވުމެވެ. އެއީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާއެވެ. މި މަރުހަލާއަކީ މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އޮންނާނެ މަރުހަލާއެވެ.
އެހެން ނަމަވެސް މި މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ނުވަތަ ބޭއްވޭނެ ތާރީހެއް ގާޒީ ވިދާޅެއް ނުވެއެވެ.