ads
ހިޔާ ފުލެޓްތައް
ހުޅުމާލޭ ހިޔާ ޔުނިޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާމެދު ވިސްނާނެ: މިނިސްޓްރީ
ހުޅުމާލޭ ހިޔާ ޔުނިޓްތަކުގެ ގުރޭސްޕީރިއެޑް އިތުރު ކުރުމާމެދު ވިސްނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން އާއި އެކު އިއްޔެ ހިޔާ ޔޫނިއަންގެ ފަރާތުން ނުރަސްމީ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ މާކެޓުގަ އިންޓީރިއާ ފިނިޝިން އަށް ބޭނުންވާ މުދާ ލިބުމުގަ ހުރި ހުރަސް ތަކާއި ، ފްލެޓް ސަރަހައްދުގެ އަސާސީ ކަންކަން ފުރިހަމަވެފައި ނެތުމާއި، އެޗް.ޑީ.ސީ ގެ މަސައްކަތް ތަކުގެ ސަބަބުން މަސައްކަތަށް ދިމާވާ ހުރަސްތަކާއި ގުޅިގެން ދެފަރާތުން މަޝްވަރާ ކުރެވިފައި ވެއެވެ. އަދި ކުލި ނުހިގާ ގޮތަށް މަސައްކަތް ނިންމުމަށް ދެވިފައިވާ ގްރޭސް ޕީރިއެޑް އިތުރު ކުރުމަށް މަޝްވަރާ ކުރެވުނެވެ. 

ހިޔާ ޔޫނިއަނުން ބުނީ މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުވުން ވުމަށްފަހު 7 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް މިނިސްޓްރީއަށް ފަނުވާފައިވާ ކަމަށާއި، އޭގެ ޖަވާބުގައި ގްރޭސްޕީރިއަޑް އިތުރު ކުރުމަށް ވިސްނަވާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހަ ދުވަހުގެ ތެރޭ ރަސްމީ ޖަވާބެއް ދެއްވާނެ ކަމަށްވެސް މިނިސްޓަރު އަކްރަމް ވިދާޅުވިކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުން ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ފެން، ކާބޯތަކެތި ލިބެން ނެތުމުން އެކަމަށް ގެނެވޭނެ ހައްލަކާމެދު މަޝްވަރާކުރެވުނު ކަމަށާއި، އަދި ބައްދަލުވުން ނިމިގެން ދިޔައީ އެސް.ޓީ.އޯ ގެ ފަރާތުން އެތަކެތި ފޯރުކުރުމަށް ފިހާރައެއް ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ ގޮތުން ހުޅުވުމަށް ނިމި، އެޗް.ޑީ.ސީ ގެ އެމް.ޑީ ތަނެއް ދެއްވާނޭ ކަމަށް ޖަވާބުދެއްވުމުން ކަމަށްވެސް ހިޔާ ޔޫނިއަން އިން ބުނެއެވެ.

ދެން މަޝްވަރާކުރެވުނީ 130 މީހުންގެ ވެރިފިކޭޝަން ލިސްޓާ ގުޅޭ ގޮތުންނެވެ. އެގޮތުން ބައްދަލުވުން ނިމުނު އިރު ސްޓޭޓްމިނިސްޓަރ ސޮއި ކުރައްވައި 130 މީހުންގެ ވެރިފިކޭޝަން ލިސްޓުން 115 މީހުންގެ ނަން އަދި މުޅިން އަލަށް ގުރުއަތުނުލެވި ހުރި 18 މީހެއްގެ މަޢުލޫމާތުވެސް ފޮނުވުމަށް ނިންމެވިއެވެ. އަދި މި ލިސްޓު ރޭގެ 9:00 ގައި އެޗް.ޑީ.ސީ އަށް ފޮނުވުނުކަމަށް މިނިސްޓްރީ އިން  ޔޫނިއަންއަށް އަންގާފައިވާ ކަމަށްވެސް ޔޫނިއަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް