ads
ހިޔާ ފުލެޓްތައް
ލޯނުފައިސާ ހަމަނުޖެހޭތީ ހިޔާގެ މަސައްކަތް ގިނަބަޔަކަށް ނުފެށި
ފްލެޓް ލިބުނުފަރާތްތަކަށް ފަސޭހައިން ލޯން ލިބޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމުން އެއްމެ ރަނގަޅު ލޯން ސްކީމް ފޯރުކޮށްދޭ އިސްލާމިކް ބޭންކުގެ ލޯން ކިއު ދިގުވެ ލޯންތަށް ދޫކުރުމުގައި މުއްދަތުތަކެއް ނަގާ، ގިނަބަޔަކަށް މަސައްކަތަށް ބޭނުންވާ ފައިސާ އަދިވެސް މަޖެއްސިފައިނެތުމުގެ ސަބަބުން %30 އަށްވުރެ ގިނަ ފްލެޓްތަކުގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފިއެވެ.

އެހެން ނަމަވެސް ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ކުލިދެއްކުމަށް ދައުލަތުން އަދި އެޗް.ޑީ.ސީ.އިން ދީފައިވަނީ 03 މަސްދުވަހުގެ ގްރޭސް ޕީރިއެޑެކެވެ. 03 މަސްދުވަހުގެ ތެރޭގައި ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ފްލެޓް ލިބުނު ފަރާތްތަކަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ފްލެޓް ތަކުގެ އިންޓީރިއާ ފިނިޝިންގ އަށް ބޭނުންވާ ގިނަ ތަކެތި މާކެޓުން ލިބުމުގައި ދަތިތަށް ކުރިމަތިވެ، އަދި ބައެއް އައިޓަމްތަށް ރާއްޖޭގެ މާކެޓުން ހުސްވުމުން ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބުމުގައިދަތިތަށް ކުރިމަތިވުން ދެއެވެ.

your imageހިޔާފްލެޓްތަކުގެ އެއްވަނަ ފަންގިފިލާގައި ތަނބުތަކެއް ތަޅާލާފައި

ހިޔާ ޔޫނިއަން އިން ބުނީ މަސައްކަތްކުރާ ބައެއް ކުންފުނިތަކުން މަޝްރޫއަށް އަމާޒުކޮށް ބޭރު ޤައުމުތަކުން ރާއްޖެ ގެންނަން ޤަސްތުކުރި ބައެއް މުދާތަށްލިބުމުގެ ދަތިތަށް ދިމާވުމުން، ކޮންޓޭނަރު ތައް ރާއްޖެ ގެނައުމަށް ބޮޑެތި ދަތިތަކެއް ކުންފުނިތަކަށްދިމާވަމުން ދާކަމަށެވެ.

މީގެ އިތުރުން އެޗް.ޑީ.ސީ އަދި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ބައެއް ޚިދުމަތްތަށް ހިޔާ ފްލެޓް ސަރަޙައްދުން ލިބެން ނެތެވެ. އެގޮތުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތާއި، އިންޓަނެޓް އަދި ފޯނުގެ ޚިދުމަތާއި، އެކަށީގެންވާ ގޮތުގައި މަގު ހެދި ތަނުގައި މީހުންނަށް އުޅެވޭނެ ގޮތަށް މަގުތަށް ތައްޔާރުވެފައި ނެތުން ހިޔާ ޔޫނިއަނުން ފާހަގަ ކުރެއެވެ. އަދި  އަސާސީ ބޭނުންތަކަށް ބޮޑެތި ހޭދަތަކެއް އަމިއްލަ ޖީބުން ކުރަން މިއަދު ފްލެޓްތަކަށް ބަދަލުވާފަރާތްތަކަށް މިވަނީ މަޖުބޫރުވެފައި ކަމަށްވެސް އެޔޫނިއަނުން ބުނެއެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބޭނޭގޮތަށް ފިހާރަތަކާއި މާކެޓް ތަށް ޤާއިމްކުރެވިފައި ނެތުމުން ފޭސް 1 އިން ވިޔަފާރިކޮށް ތަކެތި ގެނެސް ހެދުމުގައި އެތަށް ވަގުތަކާއި ބޮޑެތި ހޭދަތަކެއް ކުރުމަށް ވެސް މަޖުބޫރު ވެފައިވާ ކަމަށް އެޔޫނިއަނުން ބުނެއެވެ.

your imageހިޔާފްލެޓްތަކަށް ކަރަންޓު ލުމުގެ މަސައްކަތް ކުރިއަށް ދަނީ


އިންޓީރިއާ ފިނިޝިންގެ މަސައްކަތް ތަށް ކުރިއަށް ދާވަގުތު ތަކުގައި އެޗް.ޑީ.ސީގެ ބޭނުންތަކަށް ކަރަންޓް ކެނޑުން، ފެންކެޑުން، ލިފްޓްތަކުގެ އޮޕަރޭޝަން ހުއްޓާލުން ފަދަ ސަބަބުތަކާހުރެ މަސައްކަތް ކުރާ ފަރާތުގެ އެތަށް ވަގުތެއް ބޭކާރުވެ މަސައްކަތް ލަސްވެގެންވެސް އެބަދެއެވެ.
އިމާރާތްތަކުގެ ލިފްޓް ލޮބީ އަދި ފްލޯތަކުގެ ވޯކްވޭތަކުގައި ރޭގަނޑު ގަޑީގައި އަލިކަމެއް ނެތުމުގެ ސަބަބުން އަދި ފްލޯތަކާއި ލިފްޓް ލޮބީގެ ލައިޓްތަކުގެ ސެންސަރުތަށް މަސައްކަތް ނުކުރުމުގެ ސަބަބުން ރޭގަނޑުގެ ވަގުތު ތަކުގައި މަސައްކަތް ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ވެސް ދެއެވެ. އަދި ހަމައެއާއެކު ދިރިއުޅޭ ފަރާތްތަކަށް ރައްކަތެރިކަން ވެސް ކުޑައެވެ.

your imageހިޔާ ފްލެތްތަކުގައި މިއަދު މަސައްކަތް ކުރަނީ: ފޮޓޯ ހިޔާ ޔޫނިއަން

މިމަޤުބޫލު ޢުޒުރު ތަކާއެކު ހިޔާފްލެޓް ތަކުގެ ފިނިޝިންއަށް މިހާރު ދެއްވާފައިވާ 03 މަހުގެ ގްރޭސްޕީރިއެޑް 12 މަސްދުވަހަށް އިތުރުކޮށްދެއްވުމަށް އެ ޔޫނިއަންގެ ފަރާތުން ވަނީ  މިނިސްޓްރީގައި އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް