ads
ޖާބިރު---
ޖާބިރު ތައުބާ ވިކަމެއް ނޭނގޭ: އިސްލާމިކް މިނިސްޓަރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތައުބާ ވެ ވަޑައިގެންނެވި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖާބިރު ތައުބާ ވިކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ޖާބިރު ދީނުން ބޭރުވި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. 

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ދީނީ މިނިވަންކަމަށް ގޮވާ ލައްވާފައެވެ.

މި ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމްވެސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

އެދެބޭފުޅުންވެސް ވިދާޅުވީ ޖާބިރު ދީނީ މިންގަނޑުތަކުން ބޭރުވެފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ނުދެއްކޭނެ ކަމަށާއި، އެފަދަ ވާހަކައެއް ދައްކައިފި ނަމަ ފިޔަވަޅުއަޅަން ޖެހޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު "ސީއެންއެމް" އަށް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަތައް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. 

your imageރައްޔިތުންގެ މަޖިލީހުގެ ދޮރާށި ކުރިމަތީ ޖާބިރު އޮށޯވެގެން-

މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިިބިވަޑައިގެން ތަޅުމުގައި އެ އެމެމްބަރަކު ވާހަކަ ދައްކަވަން ބޭނުންވާ ގޮތަކަށް ވާހަކަދެއްކެމުގެ ފުރުސަތު ގާނޫނުން ލިބިދެނީ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާގޮތުގެމަތިންނެވެ. ނަމަވެސް އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތަކެއް ދައްކާނަމަ އެކަން ބެލުމުގެ ހައްގު މަޖިލީހަށް ލިބިދެއެވެ. 

ޒިޔާއު ވިދާޅުވީ، މަޖިލީހުން ބަލަނީ އިއްޔެ މަޖިލީހުގައި އޭނާ ދެއްކެވި ވާހަކައިގެ ތެރެއިން ދީނާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވޭތޯ ކަމަށެވެ.

ޖާބިރު މި ގޮތަށް ވާހަކަ ދައްކަވާފައިވާއިރު، އޭނާ ދަނީ މިފަހަކުން އައިސް ހަމަ ނުޖެހޭ އެތައް ވާހަކަތަކެއް އެތައް ޕްލެޓުފޯމެއްގައި ދައްކަވަމުންނެވެ. އޭނާ އުޅުއްވާ ގޮތާ މެދު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވާއިރު ބައެއް އެހެން ތަންތަނުގައި އަދަބާ ހިލާފު އަމަލުތައް ހިންގަވާފައި ވެ އެވެ. 

ދާދި ފަހުން ޖާބިރު ވަނީ މަޖިލިސް ދޮށުގައި އެކަނި އިހްތިޖާޖް ކުރައްވާ، އެފަހުން ރައީސް މައުމޫން ދިރިއުޅުއްވާ މ. ކިނބިގަސްދޮށުގެއަށް ވެސް ގެއްލުން ދެއްވާފައެވެ. އޭގެ ފަހުން އއ. މަތިވެރި އަށް ޖާބިރު ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ މުޒާހަރާކޮށް އޭނާ އެ ރަށުން ބާލާފަވެސް މެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެގެން އޭނާގެ އަމަލުތައް މަޖިލީހުގެ ތެރޭގައި ހުންނަ ގޮތުންނާއި ދައްކަވާ ވާހަކަތައް ހަމަނުޖެހޭތީ އެކަމާއި އެއްވެސް ފިޔަވަޅެއް އަޅާނެ ކަމެއް އަދި މަޖިލީހުން ބުނެފައެއް ނުވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް