ads
ޖާބިރު: ގިނައިން ކޯޓު ފަޓުލޫނު ތުރުކުރައްވާ
ޖާބިރަށް ހަމަލާދިނުމުގެ ތުހުމަތަށް ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

 އެ މީހުން ދޫކޮށްލީ ތަހުގީގުގެ މަރުހަލާ ނިމުމުން ކަމަށް ފުލުހުން ބުނެއެވެ.

ޖާބިރަށް ހަމަލާ ދިނުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި  ފިރިހެނެކެވެ. އެމީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފައި ވެއެވެ. އެމީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ހަމަވުމުންނެވެ.

ޖާބިރަށް ހަމަލާ ދިން މީހުން ދޫކޮށްލުމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ވަނީ ގޮވާލައްވާފައެވެ.

މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް އަޑުއުފުލައި އޭނާ އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރި އެވެ. އެ ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.

މަތިވެރީ ކައުންސިލާއި ޖާބިރު އާ ދެމެދު ގުޅުން ގޯސް ވެފައިވަނީ ގެސްޓް ހައުސް ހުރި ބުމުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި ހުރުމުގެ ސަބަބުންނެވެ.

ޖާބިރު އެރޭ މަތިވެރިން ފައިބައިވަޑައިގެންނެވީ ފުލުހުންގެ ހިމާޔާތާއި ރައްކާތެރިކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް