ads
ސްރީލަންކާގެ ރެފިއުޖީންގެ ބަޔަކު ދަތުރު ކުރަމުންދަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ރެފިއުޖީންގެ ބަޔަކު ހައްޔަރު ކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަވަށްޓެރި ސްރީލަންކާ ރެފިއުޖީންގެ ބަޔަކު ހައްޔަރުކޮށްފިއެވެ. މިއީ އިންޑިއާގެ ޓަމިލްނާޑުގެ ކޭމްޕްތަކުން ފިލައިގެން އައި ބަޔަކު ކަމަށް މައުލޫމާތުލިބެ އެވެ.
Advertisement

ދިވެހިރާއްޖޭގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ ނޫސް ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ގިނަ މީހުންގެ އަތުގައި ސައްހަ ލިޔުމެއް ނެތެވެ. އަދި ޕާސްޕޯޓެއް ވެސް ނެތް ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ކޭމްޕްތަކުން ފިލައިގެން ރެފިއުޖީން ދަތުރު ކުރަމުން ދިޔައީ ސައުތު އެފްރިކާއަށެވެ. އަދި ކެނެޑާއަށް އެތެރެވުމުން އެގައުމުގެ ހިމާޔަތް ހޯދަން ކުރި ދަތުރު މޫސުން ގޯސްވެ ދަތުރު ކުރަމުންދިޔަ ފެރީ ހުއްޓުނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިންޑިއާ ކަނޑުގެ ސަރަހައްދަށެވެ.

އެމީހުން ސަލާމަތް ކޮށް ރާއްޖޭގެ ސަރުކާރާއި ހަވާލުކޮށްފައިވަނީ ޑިއޭގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނެވެ.

އަތުލައިގަނެވުނު މީހުންގެ މައުލޫމާތު ދިވެހި ސަރުކާރުން، ޓެމިލްނާޑުގެ ކަމާ ބެހޭ ފަރާތްތަކާއި އަދި ލަންކާގެ ސަރުކާރާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުން އެ ގައުމުގެ 108 ކޭމްޕެއްގައި ލަންކާގެ 68 ހާހަށްވުރެ ގިނަ ލަންކާ ރެފިއުޖީން އެބަތިއްބެވެ. ލަންކާ މީހުން ފިލީ މިދޔަ މަހުގެ ކުރީކޮޅު އެވެ. އެ މީހުން ކެރެލާއަށް ގޮސް 50 ލައްކަ އިންޑިއާ ރުޕީސްއަށް ބޯޓެއް ގަނެފައިވާ ކަމަށް ބައެއް ރިޕޯޓްތައްް ބުނެއެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް