ads
ސުޕާ ޑާންސާ 4 ގެ ފައިނަލް ޝޯގައި ފްލޮރީނާ އަދި ޖަޖުން…
ސުޕާ ޑާންސާ ހަތަރެއް ކާމިޔާބު ކުރީ ފްލޮރީނާ!
ސޮނީ ޓީވީ އިން ދައްކަމުން އަންނަ ކުޑަ ކުދިންގެ ރިއަލިޓީ ޝޯ ސުޕާ ޑާންސާ ހަތަރު ވަނަ ސީޒަންގެ ފަހުރުވެރި އެއްވަނަ އުމުރުން ހަތް އަހަރުގެ ފްލޮރީނާ ގޮގޮއި ހޯދައިފިއެވެ.

މިދިޔަ މާޗް މަހު 27 ވަނަ ދުވަހު ފެށި ސުޕާ ޑާންސާ 4 ގެ އެއް ވަަނަ ފްލޮރީނާ ކާމިޔާބު ކުރީ ފައިނަލްގައި އިތުރު ހަތަރު ބައިވެރިންނާއި ވާދަކޮށެވެ.

ރޭ ދެއްކި ފައިނަލް ޝޯގައި ފްލޮރީނާ އަށް ވަނީ ޓްރޮފީ އަދި 15 ލައްކަ ރުޕީސްގެ އަގުހުރި ފައިސާގެ އިނާމުވެސް ހަވާލްކޮށްފަ އެވެ. 

ފްލޮރީނާގެ ޕާޓްނަރ ތުޝާރް އަށް ފަސް ލައްކަ ރުޕީސްގެ ގެ ފައިސާގެ އިނާމް ލިބުނު އިރު އެ ޝޯގެ ރަނަރަފް އަކަށް ހޮވުނީ ޕްރްތިވްރާޖް އެވެ.

އޭގެ އިިތުރުން ދެވަނަ ރަނަރަފް އަކަށް ހޮވިގެން ދިޔައީ ސަންޗިތް ޗަނާނާ އެވެ.

ރޭގެ ޝޯގެ ފަހުރުވެރި އެއްވަނަ ހޯދުމަށްފަހު ފްލޮރީނާ ބުނެފައިވަނީ ރެއަކީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ހަނދާން ނެތޭނެ ރެޔެއް ނޫން ކަމަށާއި އެ ލިބުނު ކާމިޔާބީ އަށް އުފާކުރާ ކަމަށެވެ. އަދި އޭނާ އަށް އެއްވަނަ ލިބުމުގެ ފަހަތުގައި ތިބި އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސުޕާ ޑާންސާ އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. ނިމިދިޔަ އެ ޝޯގެ ހަތަރު ވަނަ ޝޯގެ ޖަޖުންނަކީ ޝިލްޕާ ސެޓީ، ގީތާ އަދި އަނޫރާގް ބާސޫ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް