އަލިބެ ހޯދަން ފެށީ އިއްޔެ ހެނދުނު މަހަށް ނުކުތް ގޮތަށް މިއަދު ހެނދުނު ވީ އިރުވެސް ހަބަރެއް ނުވުމުގެ ސަބަބުންނެވެ.
އެރަށު ސަނީ ސައިޑްގޭ އުމުރުން 72 އަހަރުގެ އަލިބެގެ އާއިލާ މީހަކު ބުނީ، އަލިބެ މިއަދު މެންދުރު 11 ޖަހާކަށް ހާއިރު ރަށަށް އައިސްފި ކަމަށާއި ފޯނު ބާއްވާފައި ދިޔުމުން ހަބަރެއް ނުވެ ހުރީ ކަމަށެވެ.
އަލިބެ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ހޯދަން ފެށީ އިއްޔެ ހެނދުނު ވަދާ ދޯންޏެއްގައި މަހަށް ނުކުތް ގޮތަށް މިއަދު ހެނދުނުވީ އިރުވެސް ހަބަރެއް ނުވެގެނެވެ.
ނަަމަވެސް ރަށު ކައުންސިލުން ބުނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ދޯންޏާއެކު ފަޅު ތެރެގައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އަދި ބުނީ އޭނާ ހާލު ރަނގަޅު ކަމަށާ އޭނާގެ ހަބަރެއް ނުވީ ފޯނު ބާއްވާފައި ދިއުމުން ކަމަށެވެ.