ads
ރާއްޖޭގެ ގައުމީ ޓީމް
ފައިނަލަށް ދާނީ ކޮން ބައެއް؟
ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅޭއިރު، އެ ދުވަހު ކުޅޭ ހަތަރު ޓީމަށްވެސް މުބާރާތުގެ ފައިނަލުގެ ފުރުސަތު އެބައޮތެވެ. މުބާރާތުން ކަޓާފައިވަނީ ލަންކާ އެކަންޏެވެ.

މުބާރާތުގައި ލީގު ބުރުގައި އަށް މެޗު ކުޅެފައިވާއިރު، ޓޭބަލުގެ އެއްވަނައިގަ އޮތީ ރާއްޖެއެވެ. އެއީ ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. ރާއްޖެ ބަލިވީ ނޭޕާލު އަތުންނެވެ. ނޭޕާލު އޮތީ ޓޭބަލްގެ ދެވަނައިގައެވެ. އެ ޓީމުންވެސްވަނީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ.

ރާއްޖެއަށް ފައިނަލަށް ދެވޭނީ ކިހިނެތް؟ 

މި ވަގުތު ޓޭބަލްގެ އެއްވަނަ މަގާމުގައި އޮތް ދިވެހިރާއްޖެއަށް ފައިނަލަށް ދިޔުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ފަހު މެޗުގައި އިންޑިޔާ އަތުން ބަލިނުވެ ފަރުޖައްސާލެވިއްޖެނަމަ ރާއްޖެ އެއް ކޮޅުން ފައިނަލް ކުޅޭނެއެވެ. އިންޑިޔާއަށް ފައިނަލުން ފުރުސަތު އޮތް ހަމަ އެކަނި ގޮތަކީ ފަހު މެޗުގައި ރާއްޖެ ބަލިކުރުމެވެ. އެއީ އިންޑިޔާއަށް މިހާރު ލިބިފައިވަނީ ފަސް ޕޮއިންޓް ކަމަށްވެފައި، ރާއްޖެއާ ނޭޕާލުން މިހާރުވެސް ހަ ޕޮއިންޓް ހަމަކޮށްފައިވާތީއެވެ. 

ރާއްޖެއާ އިންޑިޔާ މެޗު އެއްވަރުވެއްޖެނަމަ އިންޑިޔާއަށް ލިބޭނީ ޖުމްލަ ހަ ޕޮއިންޓެވެ. ރާއްޖެއަށް ހަތް ޕޮއިންޓެވެ. އޭނގެ ކުރިން ބުދަ ދުވަހު ހަވީރު ކުޅޭ މެޗުން ނޭޕާލަށް ޕޮއިންޓެއް ލިބިއްޖެ ނަމަ އެ ޓީމަށްވެސް ހަތް ޕޮއިންޓް ލިބޭނެއެވެ. ނޭޕާލު ބަލިވެއްޖެނަމަ ބަންގްލަދޭޝްއަށް ހަތް ޕޮއިންޓް ލިބޭނެއެވެ.

ނޭޕާލަށްވެސް ފައިނަލުން ޖާގައެއް ހޯދުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ބަންގްލަދޭޝް މެޗު އެއްވަރު ކޮށްލައިގެން ނޭޕާލަށް ފައިނަލަށް ދެވޭނެއެވެ. ބަންގްލަދޭޝްއަށް އޮތް ހަމައެކަނި މަގަކީ ނޭޕާލު ބަލިކުރުމެވެ. އިންޑިޔާއަށްވެސް އޮތް ހަމަ އެކަނި މަގަކީ ރާއްޖެ ބަލިކުރުމެވެ. ލީގު އުސޫލުން މުބާރާތް ރާވާފައި އޮތް ނަމަވެސް ކަން ދިމާކުރި ގޮތުން މިހާރު މިއޮތީ ހަތަރު ޓީމުގެ މެދުގައި ސެމީއެއް ކުޅެވޭހެން ހީވާ ކަހަލަ ގޮތަކަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ ސޯޅަވަނަ ދުވަހުގެ ރޭއެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް