ads
ރައީސް ނަޝީދު
އުތުރުތިލަފަޅުގެ އެއްބަސްވުމަކީ ސިއްރެއް ނޫން: ރައީސް ނަޝީދު
އުތުރުތިލަފަޅު އެއްބަސްވުމަކީ އެއީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް ސިއްރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ހަތަރުވަރަކަށް މަސް ދުވަހު ރާއްޖެ ވަޑައިގެން މިއަދު އޮތް މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އުތުރުތިލަފަޅުގެ އެގްރިމެންޓަކީ ދިވެހި ދައުލަތުގެ އެގްރިމެންޓެއް ކަމަށެވެ.

" ދޭދޭ ގައުމަކާ އެކީގައި ކުރެވިފައިވާ. ދެން އެއީ ސިއްރެއްގެ ގޮތުގައެއް ނޫން ދައުލަތުން އެކަން ކުރަމުން ގެންދިޔައީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ އިތުރުން އިންޑިއާއާ އެކު ހަދާފައިވާ އިތުރު ދެ އެއްބަސްވުމެއް ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑީފެންސް މިިނިސްޓަރު އާދަމް ޝަރީފު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ޑިފެންސް މިނިސްޓްރީގައި އެދޭނެކަމަށެވެ.

އެ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ހޯދުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ އެއްބަސްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވި އެ އެއްބަސްވުމަކީ އެއްވެސް ހާލެއްގައި ފޮރުވިފައި އޮތް އެއްޗެއް ނޫންކަމަށާއި، ދޭދޭގައުމުތަކުގެ މެދުގައިވާ އެއްބަސްވުންތައް މަޖިލީހަށް ހާމަވާނެކަމަށެވެ.

ވެސް އާދަމް ޝަރީފް މަޖިލީހުގައި އެދިފައިވަނީ އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި ޑޯނިއަރ މަތިންދާ ބޯޓާބެހޭ އެއްބަސްވުން ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް