
މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އެމްއޯޔޫގެ ދަށުން މީރާ އާއި އެލްއާރްއޭ އާއި ދެމެދު މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނު ގެ ދަށުން ސާވިސް ޗާޖު ނަގާ ފަރާތްތަކުން އެލްއާރްއޭ އަށާއި މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް އެ ދެ އިދާރާއަށް ހުށަހެޅުމުގެ ބަދަލުގައި ދެން ހުށަހަޅަން ޖެހޭނީ ހަމައެކަނި މީރާއަށެވެ.
މީގެ އިތުރުން، މި އެމްއޯޔޫގެ ދަށުން، އެލްއާރްއޭ އަށް ބަލައިގަންނަ ފައިސާތައް މީރާއިން ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ސާވިސް ޗާޖު ނަގާ ފަރާތްތަތަކުން ސާވިސް ޗާޖާ ގުޅޭ މައުލޫމަތު ހުށަހެޅުމަށް ހާއްސަ އޮންލައިން ސިސްޓަމެއް މީރާއިން އުފައްދައި، މި ސިސްޓަމް މެދުވެރިކޮށް ބަލައިގަންނަ މައުލޫމާތު އެލްއާރްއޭ އާ ހިއްސާކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.
މި އެމްއޯޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެލްއާރްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، އިބްރާހީމް ރަޝީދު މޫސާއެވެ.