ads
ޓެލެގްރާމް ބައެއް ބަރަހަނާ ފޮޓޯ ދައުތު ކުރުވާ ގްރޫޕް
ބަރަހަނާ ވީޑިއޯތަކެއް އާއްމު ކުރި މަސާޢިދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކުރި މުޙައްމަދު މަސާޢިދު ބިން ސަމީޢު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
Advertisement

ޕީޖީ އޮފީހުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކުރި މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު މަސާޢިދު ބިން ސަމީޢު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. 

މަސާއިދުގެ މައްޗަށް ޖުމްލަ 11 ދައުވާއެއް ޕީޖީން ކުރެއެވެ.  

އޭނާގެ މައްޗަށް ކުރެވޭ ދައުވާ ތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ އަކާއި، އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ އަކާއި، އެނގި ހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެކުށުގެ ދައުވާ ހިމެނެއެވެ.

އޭގެ އިތުރުން އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދަޢުވާއާއި ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. 

ޕީޖީން ބުނީ އޭނާ މިކަން ކޮށްފައިވަނީ އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުޢާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު ކަމަށެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް