ads
ކަނޑޫދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަނީ ފޮޓޯ: އެގްރޯ
ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ކަނޑޫދޫގައި ހާއްސަ ހަރަކާތްތަކެއް
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތ. ކަނޑޫދޫގައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެންޑް އެގްރިކަލްޗަރ ގެ ފަރާތުން މިދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތައް ހުކުރު އަދި ހޮނިހިރު ދުވަހުގައި ކުރިއަށްދާނެ ކަމަށް މައުލޫމާތުލިބެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މަބްރޫކް "ސީއެންއެމް"އަށް ވިދާޅުވީ ކަނޑުދޫގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރި ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މާދަމާ އެރަށަށް ވަޑައިގަންނަވާނެއެވެ.

މިއީ ކަނޑޫދޫގައި ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރާ ފުރަތަމަ ފަހަރެވެ. ކަނޑޫދޫއަކީ ރާއްޖޭގެ މަޝްހޫރު ދަނޑުވެރިން އުޅޭ ރަށެކެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ގިތެޔޮ މިރުސް ހައްދަނީ ކަނޑޫދޫގައެވެ. އަދި އެއީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މިރުހެކެވެ. މި މަސައްކަތް އިތުރަށް ފުޅާކުރުމަށް ކަނޑޫދޫގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް