ads
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުން——
އޮޑިޓަ ޖެނެރަލްގެ އޮފީހަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރު 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެނެރަލް އޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މި ގޮތަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުމުގެ ބައްދަލުވުމުގައެވެ. 

ޖުމްލަަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ނިންމާފައިވަނީ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި ހިމަނާ 60.3 މިލިއަން ރުފިޔާ އާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި ހިމަނާ 30 މިލިއަން ރުފިޔާ އާއި އެކުއެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން އެންމެ ފުރަތަމަ އެދުނީ އަންނަ އަހަރަށް 118 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ނަމަވެސް ފަހުން މާލިއްޔާތު ކޮމިޓީއާ ފިނޭންސް މިނިސްޓްރީން ކުރި މަޝްވަރާތަކަށް ފަހު އެ އަދަދު ވަނީ 90.3 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބެޖެޓެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް