ads
އޭވިއޭޝަން ދާއިރާއިން މީހުން ބިނާ ކުރުމާއި ގުޅޭގޮތުން، ވިލާ ކޮލެޖާއި، މޯލްޑިވިއަން އާއި ދެމެދު ވެވުނު އެއްބަސްވުން: ފޮޓޯ: ވަން
އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީން ކުރަން އެއްބަސްވެއްޖެ
އޭވިއޭޝަން ދާއިރާއިން، މީހުން ތަމްރީން ކުރުމަށް، ވިލާ ކޮލެޖާއި، އައިލެންޑް އޭވިއޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ޓިކެޓިން އެންޑް ރިޒަވޭޝަން ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް  ވަނީ ހަމަޖެހިފައެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަދައްކަވަމުން އައިލެންޑް އޭވިއޭޝަން ސާވިސަަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މި އެއްބަސްވުމަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންގެ ހުނަރުތައް އިތުރުކޮށް، ޕްރޮފެޝަނަލް ތަމުރީނާއި އެކަމުގެ އިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ މަގުތަނަވަސްކޮށް ދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

"މި އިންޓާންޝިޕުގެ އެންމެ މުހިންމު އެއް މަގުސަދަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް އެކަމުގެ މަގު ފަހިކޮށްދީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ އިލްމީ ގާބިލުކަން އަދި ފަންނުވެރި މަސައްކަތްތެރިންތަކެއް އުފެއްދުން." ޖެނިފާ

ޖެނިފާ ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ކަމަކުން މަސައްކަތަށް އެކަށިގެންވާ ތަމުރީނާއި ތަޖުރިބާ ލިބިފައިވާ ވޯކްފޯސްއެއް އުފެއްދުމުގެ އިތުރުން އެ ކުންފުނީގެ ސީއެސްއާރު މަގުސަދުވެސް ހާސިލުވެގެންދާނެ ކަމަށެވެ. އެހެންކަމުން އެ ތަމްރީނުތަކާއެކު އިލްމީ ގާބިލު މަސައްކަތްތެރިން އުފެއްދޭނެކަން ޔަގީންކުރާ ކަމަށް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، 10 އަހަރުގެ އޭވިއޭޝަން ޕްލޭނެއް އެކުލަވާލުމަށް، ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް، މިދިޔަ އަހަރުން ފެށިގެން ވަނީ އިއުލާންކޮށްފައެވެ. 

ރާއްޖޭގައި މުޅިން އަލަށް، މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށާފައިވާއިރު، މިކަމުގެ ސަބަބުން، އޭވިއޭޝަން ދާއިރާ، މިހާރަށްވުރެވެސް ހަރުދަނާކޮށް، ހިންގުމަށް މަގު ފަހިވެގެންދާނެ އެވެ..

10 އަހަރު ދުވަހުގެ މުއްދަތަށް ހެދޭ މި ޕްލޭންއާއި އެކު، ރަނގަޅު ބަދަލުތަކެއް އޭވިއޭޝަން ދާއިރާ އަށް އަންނާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ކުންފުނިން ދޭ ޚިދުމަތަކީ، ކޮމާޝަލް ނޫނީ، ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދޭންޖެހޭ ޚިދުމަތެއްތޯ ކަނޑައެޅުމުގައިވެސް ފަސޭހަވެގެން ދާނެ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް