މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ފީވަކު ބަނދަރަށް ވަންނަން އުޅުނު ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ތިން މީހުން ތިއްބެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދި 16:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ރާއްޖެއަށް މި ކުރާ ގަދަ ވިއްސާރައިގައޮ ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ހިތާމަވެރޮ ހާދިސާތައް މި ފަހަކަށް އައިސް ހިނގުން ގިނަ ވެފައިވާއިރު މީގެ ދެ ދުވަސް ކުރިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން ވެއްޓުނު އަންހެނަކުވެސް ވަނީ ކަނޑުވެ މަރުވެފައެވެ.