ads
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވެލް
އެމެރިކާގެ ކުރީގެ ސެކެރަޓަރީ އޮފް ސްޓޭޓް ކޮލިން ޕަވެލް ކޮވިޑް ޖެހިގެން އަވަހާރަ ވެއްޖެ
އެމެރިކާގެ ކުރީގެ ސެކެރަޓަރީ އޮފް ސްޓޭޓް ކޮލިން ޕަވެލް ކޮވިޑްގެ އާލާސްކަންފުޅުގައި އުމުރުން 84 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

އާއިލާއިން ބުނާ ގޮތުގައި އެމެރިކާގެ އެންމެ އިސް މިލިޓަރީ މަގާމް ފުރުއްވި އޮފިސަރު އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމުގައި ބީބީސީން ބުނެއެވެ. 

އޭނާ އެމެރިކާގެ ސްޓޭޓް ސެކެރަޓަރީ ކަން ކުރައްވާފައިވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2001 ވަނައަހަރު އެވެ.

އާއިލާއިން ބުނާ ގޮތުގައި ގެއްލިގެން އެދިޔައީ އާއިލާއަށް ވަރަށް މުހިއްމު މީހެއް ކަމަށެވެ. 

އެންމެ ކުރިން ތައުޒިޔާގެ ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ބުޝް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ޕަވެލް އާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވިދާޅުވީ ޕަވެލް އަކީ އާދަޔާ ހިލާފް ގާބިލް ބޭފުޅެއްކަމަސާއި ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. 

ޕަވެލް އޭނާގެ ޕާޓީ އާ ވަކިވެ ވަޑައިގަތީ 2008 ވަނައަހަރު ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ތާއިދު ކުރެއްވުމަށެވެ. ޕަވެލް އަކީ އެމެރިކާގެ އިސް ސިޔާސީ އެއތަ ބޭފުޅުންނަށް ސަލާމަތީ ކަންކަމާ ބެހޭ ލަފާ ދެއްވާފައިވަާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް