ads
ކޯސްޓް ގާރޑް - ފޮޓޯ އެމްއެންޑީއެފް
ގެއްލުނު ކުއްޖާ ހޯދަން ވައިގެ މަގުން 4500 އަކަމޭލު ބަލައިފި
މިދިޔަ ހޮނިހިރު ދުވަހު ހިނގި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުޑަކުއްޖާ ހޯދަން ސިފައިން ކުރި މަސައްކަތުގައި މިއަދު ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކުޑަކުއްޖާ ހޯދަން ކުރި މަސައްކަތުގައި ކަނޑުމަގުން، 131 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް، އަދި ވައިގެ މަގުން 4،512 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެހެން ނަަމަވެސް ކުޑަކުއްޖާ އަދި ފެނިފައެއް ނުވެއެވެ. 

ސަން ސިޔާމް އޮޅުވެލި ރިސޯޓު ބޭރުން އަޑިއަށްދިޔަ ލޯންޗުން ކަނޑަށް ވެއްޓުނު ތުއްތު ކުއްޖާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށާއި އަދި މީހަކު ގެއްލިގެން ހޯދުމަށް ބޭނުންކުރާ ހުރިހާ ވަސީލަތެއް މިހާރު ބޭނުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް އަދި ހޯދިފައެއް ނުވެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް ކަނޑުތައް ގަދަވާނެ ކަމަށާއި މޫސުމަށް ސަމާލުވުމަށް މުސޫމާ ބެހޭ އިދާރާ (މެޓް) އިން ވަނީ އިލްތިމާސްކޮށްފައެވެ. 

އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާލުރެވޭ ކަމަށް މެޓުން ބުނެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއިި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް މެޓުން ބުނެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް