ads
ހަިޔާ ފްލެޓް ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކްލިނިކް
ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކެއް ހުޅުވަނީ
ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް އޮތް ތިންމަހުގެ ތެރޭ ނިންމާގޮތަށް ކްލިނިކެއް ހެދުމަށް ހައުސިން ޑިވެލެޕްމެންޓް ކޯޕަރޭޝަން، ޕައިތަން މޯލްޑިވްސް ޕްރައިވެއޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
Advertisement

ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ޚިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އެސަރަޙައްދުގައި ކްލިނިކެއް ހުޅުވުމަށް 19 އޮކްޓޯބަރު 2021 ގައި ސޮއިކުރެވި އެފަރާތާއި ޔުނިޓް ހަވާލު ކުރެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ކޮމާޝަލް 04-H12-G ގައި ކްލިނިކް ޤާއިމުކުރުމަށް ޕައިތަން ޕްރައިވެޓް ލިމިޓެޑާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ލައިފް ސަޕޯޓް މެޑިކަލް ސެންޓަރގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އިތުރު ދެ ކްލިނިކެއް މި ސަރަޙައްދުގައި ޤާއިމުކުރުމަށް ވަނީ ޖަމަޖެހިފައެވެ. 

ހިޔާ ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާ ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް، ސުޕަމާކެޓް ގްރޮސަރީ ސްޓޯރ ފަދަ ތަންތަން މި ތިން މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގައި ވެސް އެޗްދީސީން ބުނެއެވެ. 

ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެންފަށައި ކުނި ނަގަން ފަށަން ވާއިރަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް