އެގޮތުން އެ ފިލްމުގައި ހިމެނެނީ މަނިކޭ މަގޭ ހިތޭގެ ހިންދީ ވާޝަން އެކެވެ.
މިއީ ޔޮހާނީ ބޮލީވުޑަށް ތައާރަފްވާ ލަވައެވެ.
“ތެންކްޔޫ” ނަމަކަށް ކިޔާ އެ ފިލްމުގެ ލީޑް ރޯލްތަކުން ފެނިގެންދާނީ އަޖޭ ދޭވްގަން، ސިއްދާތު މަނޯތްރާ އަދި އަޖޭ ދޭވްގަން އެވެ.
އޭގެ އިތުރުން ނޯރާ އެ ފިލްމުން ފެނިގެންދާނީ އައިޓެމް ސޯންގް ޑާންސާއެއްގެ ގޮތުގައެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދި ޔޮހާނީ އަކީ ސްރިލަންކާގައި އެންމެ ފުރަތަމަ ޔޫޓިއުބް އިން ތިން މިލިއަން ސަބްސްކްރައިބާ ހަމަވި މީހާ އެވެ.