180 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއިއެވެ.
މިއެއްބަސްވުމުގެ ދަށުން ކުޑަރިކިލު އިރުމަތީ ފަރާތުގައި 100 މީޓަރުގެ ތިން ބްރޭކްވޯލް އާއި 150 މީޓަރުގެ އެއް ބްރޭކްވޯލް އާއި އެކު ޖުމްލަ 450 މީޓަރުގެ ބްރޭކްވޯލް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި ރަށުގެ އިރުމަތީ ފަރާތާއި ދެކުނުފަރާތު ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުން ހަމަޖެހިފައި ވެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރެވުނު މިމަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 14.7 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދު އެވެ. ހޯގާޑްގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފްލްޑްބޯގް ސްކާރަފް އެވެ.