ads
ހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ
ހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި
ހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު  ސޯލިހާއި، މިނިސްޓްރީ އޮފް ނެޝަނަލް  ޕްލޭނިންގް،  އެންޑް ހައުސިންގ އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި،  އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި،  އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހިމެންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ. 

your imageހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ

މި ރަސްމިއްޔާތުގައި، ހިމެންދޫ ބަނދަރު ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ.

your imageހިމެންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ

އއ. ހިމެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 45,252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން  އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއު އަކީ 49.93 މިލިއަން ރުފިޔާގެ މަޝްރޫއެއެކެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް ވަނީ 20 އޭޕްރީލް 2020 ވަނަ ދުވަހު ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް