ads
ސެމިނާގެ ތެރެއިން
ކްރައިމް ސީން އިންވެސްޓިގޭޓަރުންގެ ފެންވަރު ރަނގަޅު ކުރަނީ
ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ޓީމް ލީޑަރުންނަށް ހާއްސަކޮށްގެން ސެމިނައެއް ފަށައިފިއެވެ.

މިއަދު ފެށި އެ ސެމިނަގައި، ކްރައިމް ސީން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާއި، ހިންގުންތެރިކަމުގެ ހުނަރު އިތުރުކޮށް ހަރުދަނާ ކުރުވުމުގެ އިތުރުން ފޮރެންސިކް ސަވިސްގެ ގަވާއިދުތަކާއި އުސޫލުތަކާ އަދި ފޮރެންސިކްގެ ހިދުމަތްތަކަށް މުވައްޒަފުން އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި ކްރައިމް ސީން އިންވެސްޓިގޭޝަންގެ މަސައްކަތްތަކަށް ޓީމް ލީޑަރުން އިތުރަށް އަހުލުވެރި ކުރުވުމާއި އެ މަސައްކަތްތައް އެހެން ބަޔަކަށް އުނގަންނައި ދެވޭފަދަ ބަޔަކަށް ލީޑަރުން ހެދުމުގެ އިތުރުން ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއެކު ލީޑަޝިޕްގެ ފެންވަރުހުރި ޓީމް ލީޑަރުންތަކެއް އުފެއްދުމަށްވެސް އެ ސެމިނަގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ.

އޭގެ އިތުުރުން، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނާ އަދި ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްވެސް ކުރެވިގެން ދާނެއެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފޮރެންސިކް ލެބްތަކުގައި މިހާރު ކުރެވޭ ތަހުލީލުތައް ދެނެގަތުމާއި، އަމިއްލައަށް އިސްނެގުމާ އަދި ރޭވުންތެރިކަން ފަދަ ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން ބައިނަލް އަގުވާމީ މިންގަނޑެއްކަމުގައިވާ އައި.އެސް.އޯގެ މިންގަޑުތަކަށް ޓީމް ލީޑަރުން އަހުލުވެރިކުރުވުމުގެ މަސައްކަތްވެސް ސެމިނަރގައި ކުރިއަށްގެންދާނެކަމަށް ފުލުހުން ބުނެއެވެ.

މިއަދުން ފެށިގެން 11 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެމިނަ ނިމިގެންދާއިރު ކޮންމެ ޓީމް ލީޑަރެއްވެސް އެ މީހެއްގެ ޝިފްޓާއެކު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލާނެއެވެ. އެ ޕްލޭނުގައި، ޝިފްޓުތައް މޯޓިވޭޓު ކުރުމާއި މުވައްޒަފުންގެ އިލްމީ ގާބިލުކަން އިތުރުކުރުމަށް ކުރާނެ ކަންކަން ހިމަނާނެއެވެ

އެ ހަރަކާތްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ރައްޔިތުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރަންޓްލައިން ފުލުހުންނަށް ބޭނުންވާ މިންވަރަށް ފޮރެންސިކާ ގުޅޭ ފުރިހަމަ މައުލޫމާތު ހިއްސާ ކުރުން ހިމެނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް