ads
ރައީސް މާލެ ވަޑައިގަންނަވަނީ——
ދަތުރުފުޅު ނިންމަވާލައްވައި ރައީސް ސޯލިހް މާލެ ވަޑައިގެންފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި އއ.ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އއ.މަތިވެރި، އއ.ބޮޑުފޮޅުދޫ، އަދި އއ.ހިމަންދޫ ހިމެނެއެވެ. 

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އއ އަތޮޅު އަތޮޅު ކައުންސިލް މެންބަރުނާއިވެސް ބައްދަލުކުރައްވާފައެވެ. 

މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ޒިޔާރަތް ކުރައްވައިފައިވަނީ ހިމަންދޫއަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހިމަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް