ads
އުމަރު ނަސީރު--
މިވަގުތު މީ ތަންކޮޅެއް ކުޅި ހެދިކާއެއް ކާލަންޖެހޭ ވަގުތު: އުމަރު
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ކުރިއަށްދާ މިސްރާބަށް ބަލާއިރު، މިއީ ބަދަލެއް ބޭނުންވާ ވަގުތު ކަމާއި، ދިވެހިން އެ ބަދަލު ގެންނާނެ ކަމާއި، މެދު ޝައްކު ނުކުރައްވާ ކަމަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
Advertisement

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވަރަށްވާދަވެރި ބޭފުޅުން ތިއްބަވާނެ ކަމަށާއި، ނަމަވެސް އަބަދު އެއް ހެދިކާއެއް ކާން ދިވެހިން ނޭދޭ ކަމަށެވެ. 

"އާދެ، ހުސް ޖެލެންޖް އެނގޭތޯ، ވަރަށް ސްޓްރޯންގް ބޭފުޅުން ތިއްބަވާނެ. ދިވެހިރާއްޖޭގައި އެބަ ތިއްބެވި ވަރަށް ތަޖުރިބާ ހުރި ބޭފުޅުން. އެކަމަކު އަޅުގަނޑޫ ދެކޭގޮތުގައި އަޅުގަނޑަކީ، ތަފާތު ޕްރޮޑަކްޓެއް. އެހެންވީމަ ތިބޭފުޅުން މިސާލަކަށް ސައިހޮޓަލަކަށް ވަންނަ އިރު، މޭޒު މަތީގައި އަތުރާލާނެ ދެއްތޯ، ގުޅަޔާއި ބަޖިޔާއާއި، ކަވާބާއި ހުރިހާ އެއްޗެއްވެސް. އަބަދަކު ގުޅައެއް ނުކާނެ ދެއްތޯ. ކޮންމެވެސް ޕޮއިންޓެއް އަންނާނެ ގުޅަ ދެކެ ފޫހިވެފައި އިންނަ ޕޮއިންޓެއް. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މި ވަގުތުމީ، ތަންކޮޅެއް ކުޅި ހެދިކާއެއް ކާލަން ޖެހޭ ވަގުތު. އެހެންވީމަ މިފަހަރު އަޅުގަނޑު ދެކޭގޮތުގައި ކާލާނީ ތަންކޮޅެއް ކުޅި ވަރުގަދަ ހެދިކާއެއް. އޭރަށް އެނގިދާނެތާ. އަބަދަކު ރިހަ ފޮޅި ކާކަށް ދިވެހިންނެއް ނުތިބޭނެ" - އުމަރު ނަސީރު

ކެފޭއަކަށް ސައިބޯން ވަންނަ މީހެއްގެ ނަޒަރުން މިސާލު ޖައްސަވާ އުމަރު މިހެން ވިދާޅުވެފައިވާއިރު، މި ވާހަކަ މި އަމާޒު ކުރީ ކޮންބޭފިޅަކަށް ކަމެއް އުމަރު ވިދާޅެއް ނުވެއެވެ. 

އިތުރަށް އުމަރު ވިދާޅުވީ، ޑިމޮކްރަސީގައި ރާއްޖެ މި ހޭދަކުރި ދިގު މާޒީގައި، އާދައިގެ  މީހާގެ ދިރުއުޅުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ބަދަލު އައީ ސިޔާސީގެ މީހާގެ ދިރިއުޅުމަށް ކަމަށެވެ.

"އާދައިގެ މީހާގެ ދިރިއުޅުމަށްކަށް އެއްވެސް ބަދަލެއް ނައި. ބަދަލު އައީ ސިޔާސީ މީހާގެ ދިރިއުޅުމަށް. އޭނަގެ މުސާރަ ބޮޑުވި. އޭނާގެ ގެ ބޮޑުވި. އޭނާގެ އެކައުންޓް ބޮޑުވި. އާދައިގެ މީހާއަށް ލިބުނީ ދަރަންޠަކާއި އެކު އޮތް ފްލެޓެއް. އޭނާގެ އަމަން އަމާންކަން ދަށްވި. އެހެންވީމަ، އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން މި އެދެނީ ސްޓްރޯންގް ލީޑަރަކަށް. އަޅުގަނޑު މި އުންމީދު ކުރަނީ އެމީހަކީ، އަޅުގަނޑަށްވާނޭ." - އުމަރު ނަސީރު 

އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެއް ހާލަތެއް ކުރިމަތިވާ މަންޒަރު ފެންނަނީ ޕާޓީތަކުގެ އެތެރޭގައި ޑިމޮކްރަސީ ނޯންނާތީ ކަމަށާއި، އެވަގުތަކު ބާރު އޮންނަ ބޭފުޅަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވާ އެހެން އެންމެން އެއްކައިރި ކުރައްވާތީ ކަމަށެވެ.

މިއަދުވެސް އުމަރު ވިދާޅުވީ، 2023 ވަނަ އަހަރު އަމިއްލަ ގޮތުން ރާއްޖޭގެ ރައީސް ކަމަށް ނިކުންނަވާނެ ކަމަށެވެ.  

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް