މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ އެވެ.
ގާތްގަނޑަކަށް 17.6 މިލިއަން ރުފިޔާގެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެރަށުގެ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރައިގެން ގޮސް ރަށަށް ގެއްލުންވަމުންދަނިކޮށެވެ.
އެމްޓީސީސީން ގެންދަނީ ވަރަށް ގިނަ ރަށްރަށުގައި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ފަޅުފުންކުރުމާއި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓް އެޅުން ފަދަ ބޮޑެތި މަސައްކަތްތައް ދަނީ ކުރަމުންނެވެ.