ads
އެޓާނީ ޖެނެރަލްގެ އޮފީހާއި އިންޑިއާގެ ސީއޭޖީ އޮފީހާ ގުޅިގެން ޕަބްލިކް އޮޑިޓުގެ މަސައްކަތްތައް ހަރުދަނާ ކުރަން އެމްއޯޔޫއެއްގައި ސޮއިކުރުން--
ޕަބްލިކް އޮޑިޓްގެ މަސައްކަތްތަކަށް އިންޑިއާއިން އެހީވަނީ
ފަބްލިކް އޮޑިޓްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް، އޮޑިޓަ ޖެނެރަލްގެ އޮފީހާއި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެެނެރަލް (ސީއޭޖީ) އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އޭޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އަދި އިންޑިއާގެ ސީއޭޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރިޝް ޗަންދުރަ މުރުމޫއެވެ.

އެ އެމްއޯޔޫގެ ދަށުން އޭޖީ އޮފީހާއި ސީއޭޖީ އޮފީހުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އޮޑިޓުގެ ދާއިރާގައި ދެ އޮފީސް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮޑިޓްގެ މަސައްކަތްތައް ކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ދެނެގަނެ، މައުލޫމާތު ދިރާސާ ކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރަން ދެ އޮފީސް ގުޅިގެން މަސައްކަތް ކުރާނެއެވެ.

ރާއްޖޭގެ އޭޖީ އޮފީހާއި އިންޑިއާގެ ސީއޭޖީ އޮފީހާ ދެމެދު އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ގުޅުން ގާއިމު ކުރީ 2008 ވަނަ އަހަރުގައެވެ. 

ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ކުރިއެރުވުން މުހިންމުކަން ފާހަގަ ކުރައްވައި، އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށެވެ.

ގިރީޝް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އޮޑިޓް އަދި ޕަބްލިކް ފައިނޭންސް ދާއިރާއިން ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސްމާޓް އޮޑިޓިން ޕްރެކްޓިސް ބޭނުން ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް