ads
ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން . ފޮޓޯ: މަޖިލިސް
އެމްބަސީ ހަދައިގެން ލިބުނު ފައިދާއެއް ނެތް: އަލީ ހުސައިން
އެމްބަސީތައް ހަދައިގެން ރާއްޖޭގެ އިގްތިސޯދަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
Advertisement

އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން ސާވިސްގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. 

އެމްބަސީތަކުގެ ބޭނުނަކީ، އާއިލާއާއި ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުން ކަމަށާއި، އެމްބަސީތައް ހަދައިގެން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނުވާ ކަމަށް ވިދާޅުވަމުން، އަލީ ޙުސައިން އިތުރަށް ވިދާޅުވީ، އެމްބަސީތައް ހަދައިގެން، ރާއްޖެ ގެނެވެނު އެއްވެސް އިންވެސްޓްމަންޓެއްވެސް ނެތް ކަމަށެވެ. 

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަށް ނެތް މިންވަރަަށްވެސް މިތިބެނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހަދައިގެން. އެހެން ނަމަވެސް ކުރެވެނީ ކޮން ކަމެއްތޯ. ރާއްޖޭގެ އިގްތިސޯދަށް ލިބެނީ ކޮން މަންފާއެއްތޯ. ރާއްޖެއަށް އަންނަނީ ކޮން އިންވެސްޓްމަންޓް ތަކެއްތޯ." ކެންދޫ ދާއިރަހެ މެމްބަރު އަލީ ޙުސައިން

މީގެ އިތުރަށް، ބޭރުގެ އެތައް ގައުމެއްގައި އެމްބަސީ ގާއިމްކޮށް އެ އެމްބަސީތަކުން ވަޒީފާ ދެމުން ދަނީ ވަކި އާއިލާތަކެއްގެ ބަޔަކަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންވެ ފޮރިން ސާވިސްގެ ބިލަށް ބެލުމުން ވެސް ފެންނަނީ "އާއިލީ ވެރިކަމެއް" ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވަނީ ސަރުކާރު ހިންގަމުންދާ ގޮތާ މެދުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަލީ ހުސައިން ވިދާޅުވީ އދ. ގެ މަތީ މަގާމެއް ދިވެއްސަކަށް ލިބުމަކީ އަޅުގަނޑުމެން ދިވެހިން ފަޚުރުވެރިވާ ކަމެއް ކަމަށް ވިޔަސް، އެއަށް ވުރެ ބޮޑަށް ފަޚުރުވެރިވާނީ އަމިއްލަ ގައުމުގެ ގާނޫނު އަސާސީގައިވާ ގާނޫނުގެ ވެރިކަން ހިންގުމުން ކަމަށެވެ.

"ގާނޫނު އަސާސީން ކަނޑައެޅިގެން އެބަ ބަޔާން ކުރޭ ވަޒީރުން ކުރަން ނުޖެހޭ ކަންކަން. އޭގައި އެބަ އޮވޭ އެއްވެސް މާލީ މަންފާއެއް ލިބޭ އިތުރު އެއްވެސް ކަމެއް ވަޒީރަކަށް ނުކުރެވޭނެ ކަމަށް،" އަލީ ހުސައިން ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޝާހިދު ކަނޑައެޅިގެން ހުންނެވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް