ads
ހަވަރު ސްޕޯޓްސް ތިންދޫގައިބާއްވާ ފުޓްސަލް މުބާރާތަށް ދަނީ ތައްޔާރުވަމުން
ތިނަދޫ ކައުންސިލްގެ އޮފީސް ފުޓްސަލް މުބާރާތް އަންނަ މަހު ފަށަނީ
ގދ ތިނަދޫ ކައުންސިލުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ އޮފީސް ތަކުގެ ފުޓްސަލް މުބާރާތް އިންތިޒާމު ކޮށް ހިންގުމަށް ހަވަރު ސްޕޯޓްސް އާއި ހަވާލުކޮށްފި އެވެ.
Advertisement

ތިނަދޫ ގައި އޮފީސް ތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް މި މަހުގެ ކުރީ ކޮޅު ތިނަދޫ ކައުންސިލުން އިޢުލާން ކުރުމުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި ކާމިޔާބު ކުރި ހަވަރު ސްޕޯޓްސް ގެ ނައިބު ރައީސް މުހައްމަދު ޔާސިރު ސީއެނބްއެމް އަށް ވިދާޅުވީ ތިނަދޫ ގައި މިފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތު އަނެއްކާވެސް ހަވަރު ސްޕޯޓްސް އަށް ލިބުމުން އެކަމާ ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. 

އޭނާ ވިދާޅުވީ މުބާރާތް ބޭއްވުމަށް މިރޭ އިޢުލާން ކޮއްފައި ވާ އިރު ކުރިން ބޭއްވި އޮފީސް ތަކުގެ މުބާރާތްކުގައި ދިމާވި މައްސަލަ ތަކަށް ބަލައި ވަރަށް ގިނަ ކަންކަން ރަނަގަޅު ކުރާނެ ކަމަށެވެ. 

އޮފީސް ތަކުގެ މެދުގައި މިފަދަ މުބާރާތެއް ނުބޭއްވި  ގިނަ ދުވަސް ތަކެއް ވުމާއިއެކު, ފޯރި ގަދަ ވާނެތީ މި މުބާރާތް ފެންވަރު ރަނގަޅުކޮށް ރާއްޖޭގެ މަޝްހޫރު ޗެނަލް ތަކުން ލައިވް ކުރެވޭނެ ކަމަށް ވެސް ހަވަރު ސްޕޯޓްސް އިން ބުނެއެވެ.

ތިނަދޫ ކައުންސިލްގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް ހަވަރު ސްޕޯޓްސް އަށް އެވޯޑް ކުރުމުން  އާދިއްތަ ދުވަހު ވަނީ އެ ޖަމްޢިއްޔާ އާއި ރަސްމީކޮށް މަސައްކަތް ހަވާލު ކޮއްފަ އެވެ. 

ތިނަދޫ ކައުންސިލުގެ މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާ ފައިވާ ފައިސާ ގެ އިނާމަކީ 10000 ރުފިޔާ އެވެ.  

ހަވަރު ސްޕޯޓްސް އިން މީހާތަނަށް ވަނީ 7 ފުޓްސަލް މުބާރާތް ތިނަދޫ ގައި ބާއްވާފައެވެ. ހަވަރު ސްޕޯޓްސް އިން އެންމެ ފަހުން އޮފީސް ފުޓްސަލް މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ބާއްވާފައި ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައެވެ. މިފަހަރު ފުޓްސަލް މުބާރާތް ބާއްވްން ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް