މިއަދު އައްޑޫސިޓީން މަރުވެފައިވަނީ 74 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ މިއަދު މެންދުރު 1:10 ހާއިރުއެވެ.
އައްޑޫސިޓީގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު ވަނީ 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.
އަދި މިއަދުގެ ދެ މަރާއިއެކު އައްޑޫސިޓީގެ ކޮވިޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އައްޑޫގެ ދެ މަރާ އެކު މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 242 އަށް އިތުރުވީ އެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ މިހުން މަރުވެފައިވަނީ މިދިޔަ މެއި މަހު އެވެ.
އޭގެފަހުން މަރުތައް މަދުވުމަށްފަހު އަނެއްކާވެސް މިހާރު މިވަނީ ކޮވިޑް މަރުތައް ގިނަވާން ފަށާފަ އެވެ.