ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 3،541 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ.
މިއަދު އަތޮޅުތެރޭގެ ރަށްތަކުން 85 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 22 މީހުންނެވެ. އަދި ރިސޯޓްތަކުން އަށް މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 87،186 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 85،378 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 20 ގައެވެ.
މިހާތަނަށް ރާއްޖެއިން 242 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 1،553 މީހުންނެވެ.