ads
ޖަޕާން ސަރުކާރާއި ޔުނިސެފް ގުޅިގެން ރާއްޖެ އަށް ވެކްސިން ރައްކާކުރާނެ އިރުތުރު އިކްއިޕްމެންޓް ހަދިޔާކުރުން
ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ރައްކާކުރާނެ އިކުއިޕްމަންޓް ހަދިޔާކޮށްފި
ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި، ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓް މިއަދު ހަދިޔާކުރައްވައިފިއެވެ.
Advertisement

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ހަވާލްކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން މިއަދު  ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި، ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއާސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް  ގާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރު، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ހަވާލްކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 950،000.00  (ނުވަލައްކަފަންސާސްހާސް) އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ސިއްހީދާއިރާއަށް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މިފަދަ ކޮންމެ  ހާލަތެއްގައި ޔުނިސެފް އަދި ޖަޕާން ސަރުކާރުގެފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް  މިނިސްޓަރު ނަސީމް ވަނީ ޝުކުރުއަދާކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް