ދަގަނޑޭ އުއްޗުއަށް ޝުކުރު އަދާކުރީ، ގައުމީ ޓީމު ހުކުރު ދުވަހު ހަވީރު އުއްޗުގެ ރިސޯޓެއްގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށް ފަހު މިއަދު، އުއްޗުއާ އެކު އިން ފޮޓޯއަކާ އެކު ކުރި ޓްވީޓެއްގައެވެ.
ގައުމީ ޓީމަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ އަބަދުވެސް އެކި ގޮތްގޮތުން އެހީތެރިވެދެއްވައެވެ. އަދި ގައުމީ ޓީމުގެ އިތުރުން އެހެނިހެން ކުޅިވަރަކުތަކަށްވެސް އުއްޗު އެހީތެރިވެދެއްވަމުން ގެންދަވަވައެވެ. އުއްޗުގެ ކުރެއްދޫ ރިސޯޓުގައި ހުކުރު ދުވަހު ހަވީރު ކުޅުނު އެކުވެރިކަމުގެ މެޗަކުން ދިވެހި ޓީމުވަނީ ކުރެއްދޫ ޓީމު އަތުން މޮޅުވެފައެވެ. މި މެޗުގެ އަގަކީ އެކެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާއެވެ.