ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު—
ކޮޕް ދަރިން ލިބުނު އިރުވެސް މަޝްވަރާއަށް ހައްލެއް ނުލިބުނު: ނަޝީދު
ކޮޕް26 ސަމިޓްގައި ގައުމުތަކުން ބައިވެރިވާ "ނެގޯޝިއޭޓަރުން"ނާއި ލީޑަރުން "ކޮޕް ދަރިން" ހޯދިއިރު ވެސް ރާއްޖޭގެ ހުށަހެޅުންތަކަށް އެއްވެސް ހައްލެއް ނުލިބުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ކޮޕް26 ގެ ސަމިޓް މިފަހަރު އޮންނާނީ ސްކޮޓްލަންޑްގެ ގްލަސްގޯގައެވެ. މި ސަމިޓްގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ބައެއް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން ގިނަ ބައެއްގެ ލޯތައް މިފަހަރު ހުއްޓިފައިވާ އެއް ބޭފުޅަކީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންއެވެ.

އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ކޮޕް26 ގައި މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލުތަކެއް ނާންނަ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެކަމާ މެދުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައި ނަޝީދު ވިދާޅުވީ ސަމިޓްތަކުގައި ބައިވެރިވާ ނެގޯޝިއޭޓަރުންނާއި ލީޑަރުން ސަމިޓުން ބައްދަލު ކުރާ މީހުންނާ "ކައިވެނިކޮށް" އެ ކައިވެންޏަށް ދަރިން ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ އަސަރު ފޯރާނީ ހަމައެކަނި ރާއްޖެ ފަދަ ކުޑަ ގައުމަކަށް ނޫން ކަމަށާއި ބޮޑެތި ގައުމުތަކަށް ވެސް އޭގެ ނުރައްކާ އޮތް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން ނަޝީދު ވަނީ އިޓަލީގައި ދިމާވި ފެންބޮޑުވުމުގެ ހާދިސާ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ރަށްގިރުމުގެ މައްސަލަ ރާއްޖޭގެ 90 އިންސައްތަ ރަށްތަކަށް ދިމާވެފައިވާ ކަމަށާއި، ކޮންމެ މީޓަރެެއް ސަލާމަތް ކުރަން 5000 ޑޮލަރު ހަރަދުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި އެވަރަށް ފައިސާ ނެތް ކަމަށާއި އެފައިސާ ހޯދަން އަންނަނީ މަސައްކަތް ކުރަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ގޮތުން އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ ވަނީ ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމަކަށް މައްސަލައިގެ ސީރިއަސް ކަން ދެނެ ނުގަނެވިއްޖެ ނަމަ ތިމާވެށި ހަލާކުވެ ރަށްގިރުމުގެ މައްސަލަ ދިމާވެދާނެ ކަމުގެ ބިރުއެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަހުން ރާއްޖޭގެ މޫސުމަށް އައީ ވަރަށް ނުރައްކާތެރި ބަދަލެއް ކަމަށާއި ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތައް ފާހަގަކުރއްވާ އެކަމާމެދު ހިތާމަ ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވި ގޮންޖެހުންތައް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މޫސުމަށް އައި ބަދަލާ ގުޅިގެން އެތައް ބަޔަކު މޫދަށް ގެއްލިއްޖެ. އެތައް ބަޔަކު މަރުވެއްޖެ. އެތައް ބައެއް ދިރިއުޅެމުން އައި އިމާރާތްތައް ފަނާވެއްޖެ. އެތައް ބައެއްގެ މުދާތައް ގެއްލިއްޖެ. މިއީ ހިތާމަހުރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ސަމިޓަށް ރާއްޖެއިން މައިގަނޑު ގޮތެއް ގައި ތިން ކަމެއް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ހުށަހެޅުންތަކަށް ހައްލެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް