ads
ކޮވިޑް ބަލީގައި މަރުވި ޔޫސުފް ހުސެއިން…
މަޝްހޫރު ފިލްމީ ތަރި ޔޫސުފް ހުސެއިން ކޮވިޑް ބަލީގައި މަރުވެއްޖެ
އިންޑިއާގެ ގިނަ ޓީވީ ސީރިއަލް އަދި ފިލްމްތަކުން ފެނިގެން ދިޔަ ތަރި ޔޫސުފް ހުސެއިން ކޮވިޑްގައި މަރު ވެއްޖެއެވެ.
Advertisement

ޔޫސުފް ހުސެއިން މަރުވެފައިވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މުމްބާއިގެ ލިލަވްޓީ ހޮސްޕިޓަލެއްގައި ހޮނިހިރު ދުވަހުއެވެ.

ޔޫސުފް ހުސެއިން މަރުވުމާއި ގުޅިގެން ބޮލީވުޑްގެ އިތުރުން ޓީވީ ސީރިއަލްގެ ތަރިންވެސް ދަނީ އެކަމާ ހިތާމަކޮށް މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

އޭނާގެ އާއިލާ އަށް ތައުޒިޔާގެ މެސެޖްތައް ރައްދު ކުރަމުން އަންނަ އިރު ބޮލީވުޑުން ގެއްލިގެން އެ ދިޔައީ އަގުހުރި މަސަައްކަތްތަކެއް ކޮށްދިން ފަރާތެއް ކަމަށް ބޮލީވުޑް ގިނަ ތަރިން އަންނަނީ ބުނަމުންނެވެ.

 
އޭނާ މަރުވި އިރު އުމުރުން 73 އަހަރުގެ ޔޫސުފް ހުސެއިން ވަނީ 2017 ގައި ނިކުތް “ރައީސް”އަދި 2006 ގައި ރިލީޒްވި ފިލް “ދޫމް 2” އަދި “ދިލް ޖަހަތާހޭ” ފަދަ ބޮލީވުޑްގައި ވިދާލި ފިލްމްތަކުން ފެނިގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް