ads
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ މަސައްކަތްތައް ހަރުދަނާކޮށް މުވައްޒަފުންނަށް ލުއިތަކެއް ދެނީ
ބީއެމްއެލްގެ މަސައްކަތްތައް ހަރުދަނާކޮށް މުވައްޒަފުންނަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
Advertisement

ބީއެމްއެލް އިން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރުގައި ބޭންކުގެ ޑިޖިޓަލް ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު އެންމެ މަތީ މިންގަނޑުގައި ހިފަހައްޓަމުން، ޒަމާނީ އަދި ހަލުވި މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް ބޭންކުން ކުރަމުންދާ މުހިންމު  މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ބީއެމްއެލް ގެ އޮފިޝަލެއް ސީއެންއެމް އަށް މައުލޫމާތު ދީފައިވެ އެވެ. 

މި ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ހަމަހަމަކަން ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، މަސައްކަތުގެ އިންތިޒާމުތަކަށް ބޭންކުން ވަނީ ލުއިތަކެއް ދީފަކަމަށާއި މިގޮތުން، ބޭންކުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ދަތިނުވާނެހެން، މުވައްޒަފުންނަށް މެންދުރުފަހު 3:00 އިން ފެށިގެން އޮފީހުގެ މަސައްކަތް ނިންމާލުމުގެ އިހުތިޔާރު 1 އެޕްރީލް 2026 އިން ފެށިގެން މިވަނީ ދީފައި ވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބޭންކުގެ ހިންގުމަށް ގެނައި މި ބަދަލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި ކަސްޓަމަރުންނަށް ލިބެމުންދާ މަތީ ފެންވަރުގެ ހިދުމަތާއި ލުއިފަސޭހަކަން ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެއެވެ

"ބޭންކުގެ ހިންގުމަށް ގެނައި މި ބަދަލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި ކަސްޓަމަރުންނަށް ލިބެމުންދާ މަތީ ފެންވަރުގެ ހިދުމަތާއި ލުއިފަސޭހަކަން ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ." ބީއެމްއެލް އިން ހާމަކޮށްފައިވެ އެވެ.


މީގެ އިތުރުން، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ވަސީލަތްތަކުގެ އެހީގައި، މުވައްޒަފުންނަށް މިހާރު ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ކަމަށާއި މީގެ ސަބަބުން ބޭންކިން ހިދުމަތްތައް މެދުނުކެނޑި ލިބިގެންދާނެކަން ކަށަވަރުކުރެވިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އޮފީހުގައި ތިބެންޖެހޭ މުވައްޒަފުން، އެއްވެސް މެދުކެނޑުމެއް ނެތި އެގޮތުގައި މަސައްކަތް ކުރުމުގެ އިހުތިޔާރުދީފައިވާނެކަމަށް ވެސް ބޭންކް އިން ފާހަގަ ކޮށްފައިވެ އެވެ

މި ބަދަލާއެކު ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ހަރަދުތައް ކުޑަވެގެންދާނެ ކަމަށް އެ ބޭންކުން ފާހަގަ ކޮށްފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;