ads
ބްރިޖްގެ މަންޒަރެއްގައި ޝީލާ އަދި ތަޖޫބެ…
އަމްޖޭގެ “ބްރިޖް” އަންނަ މަހު 13 ގައި ބައިސްކޯފަށް!
ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެތަކެއް ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކުޅަދާނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ނިމިފައި އޮތް މަސައްކަތް “ބްރިޖް” އަންނަ މަހުގެ 13 ވަނަ ދުވަހު ދައްކަން ފަށަން ނިންމައިފި އެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން އަމްޖޭ ބުނީ، އެއީ ބޮޑު ފިލްމެއްގެ ދިގުމިނުގައި ހެދި ފިލްމެއް ކަމަށާއި ނަމަވެސް ބެލުންތެރިންނަށް ބައިސްކޯފުން ދައްކާނީ އެޕިސޯޑުތަކަށް ބަހާލައިގެން ކަމަށެވެ.

“ބްރިޖް” އަކީ ވަރުގަދަ ކާސްޓަކާއެކު އަމްޖޭ ހެދި ފެމިލީ ޑްރާމާ އެކެވެ. އޭގައި ދައްކުވައިދޭނީ ގޭތެރޭގައި އާއިލާ ތަކެއްގެ ތެރޭގައި ހިނގާ މަޖާ ކަންތައްތަކެއް ކަމަށް އަމްޖޭ ބުންޏެވެ.

“ބްރިޖު” އިން ފިލްމީ ތަރި ޝީލާ ނަޖީބާއި، ޝަމީލް، އަދި އާމިރާ އާއި ތަޖޫބެއާއި މަރިޔަމް ހަލީމްގެ އިތުރުން އަނިލް ފަދަ ކާމިޔާބު ތަރިންތަކެއް ފެނިގެންދާނެ އެވެ.

އަމްޖޭގެ އެ މަސައްކަތަކީ ކޮވިޑަށް ފަހު ބެލުންތެރިނަށް ގެނެސްދޭ ފުރަތަމަ މަސައްކަތްކަން ފާހަގަ ކޮށްލެވެއެވެ.

ކުޅަދާނަ ޑައިރެކްޓަރުން/އެކްޓަރުން ކަމަށް ވާ ރިޝްމީ އަދި ރަވީ ޕޯސްޓު ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ “ބަރިޖް” ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހުޅުމާލޭގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް