އަދި މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 1 ނޮވެމްބަރ 2021 ވަނަ ދުވަހު ފަށާފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުން -- ފޮޓޯ : އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ޕްލޭނިންގް މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.